ތައިލޭންޑުގެ މަސްވެރިއަކަށް ފެނުނު މާވަހަރުގެ އަގު މިލިއަން ޑޮަލަރަށް އަރާ

Fri, 24 May 2024 07:36 PM

View on this article on Masverin

ތައިލޭންޑުގެ މަސްވެރިއަކަށް ފެނުނު މާވަހަރުގެ އަގު މިލިއަން ޑޮަލަރަށް އަރާ

ތައިލެންޑުގެ ފަޤީރު އަވަށެއްގެ މަސްވެރިއަކަށް މާވަހަރެއް ފެނި، މިލިއަނަރަކަށްވެއްޖެއެވެ.



ނަރޯންގ ޕެޓްޗަރާޖަށް މަސްވެރިކަމުން މަހެއްގެ މައްޗަށް ލިބެނީ ކުޑަ އާމްދަނީއެކެވެ. އެހެން ނަމަވެސް އެނޫން ގޮތަކަށް އާމްދަނީއެއް ލިބެން ނެތުމުން އޭނާ ކޮންމެ ދުވަހަކުވެސް މަހަށް ދެއެވެ.

އެގޮތުން މަހުން އެއްގަމަށް އެރުމަށް އައި ވަގުތެއްގައި އޭނާއަށް ގޮނޑުދޮށުން ފެނުނީ ވަރަށް ތަފާތު އެއްޗެކެވެ. އަދި އެއީ ކޯއްޗެއްތޯ ބެލުމަށް އޭގެ ކައިރިއަށް ދިޔުމުން އެނގުނީ އެއީ މާވަހަރެއްކަމެވެ.

ބަރުދަނުގައި 30 ކިލޯ ހުރި މި މާވަހަރު އެއީ އަސްލުވެސް މާވަހަރެއްތޯ ޔަޤީންކުރުމަށް އޭނާވަނީ އޭތި ސޯންގްކުލާ ޔުނިވަރސިޓީއަށް ގެންގޮސް ޓެސްޓުތައް ހަދާފައެވެ.

އޭނާއަށް ފެނުނު މާވަހަރުގެ އަގު 1.25 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެއެވެ.

މީގެކުރިން އޭނާ ދިރިއުޅޭ އަވަށުގެ މީހަކަށް މާވަހަރެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން އަވަށުގެ އެންމެންނަށްވެސް މިކަން ވީ ވަރަށް އުފާވެރި ކަމަކަށެވެ.

 



More from Masverin