ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ފަރަށް އަރައިފި

Fri, 26 Jul 2024 03:50 PM

View on this article on Masverin

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ފަރަށް އަރައިފި

28 މީހުންނާއި އެކު ދަތުުރުކުރަމުން ދިޔަ ސަފާރީއެއް ފަރަށް އަރައިފިއެވެ.



ފުލުހުން ބުނީ ފަރަށް އަރާފައިވަނީ "މައިނާ" ނަމަކަށް ކިޔާ ސަރާއެއްް ކަމަށާއި ފަރަށް އެރިކަމުގެ ރިޕޯޓު ލިބިފައިވަނީ ޖުލައި 26 ވަނަ ދުވަހު 00:19 ހާއިރުކަމަށެވެ.

ސަފާރީގައި އެވަގުތު ތިބީ 18 ފަތުރުވެރިން އަދި 10 ފަޅުވެރިންނެވެ. މ.ވޭވަށް ކައިރިން ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން މ.އަތޮޅު ފުލުހުން އަދި މ.ވޭވަށު ކައުންސިލް ގެ ފަރާތުން އެހީތެރިކަން ފޯރުކޮއްދީފައިވާކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި ސަފާރީގައި ތިބި ފަތުރުވެރިން އަދި ފަޅުވެރިން މ.ވޭވަށު ކައުންސިލް ގެ އެހީތެރިކަމާއިއެކު މ.ވޭވަށަށް ގެންދެވިފައިވާކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއްނުވާކަމަށެވެ.

 



More from Masverin