ހަފްތާ ބަންދުގައިވެސް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ: މެޓް

Fri, 24 May 2024 10:19 AM

View on this article on Masverin

ހަފްތާ ބަންދުގައިވެސް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ: މެޓް

ހަފްތާ ބަނދުގައިވެސް ގަދަ ވަޔާއެކު ވިއްސާރާ ކުރާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.



ހަފްތާ ބަންދުގައި ލަފާކުރެވޭ މޫސުން އާއްމުކުރަމުން މެޓުން ބުނީ، ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ދެކުނަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެޓުން ލަފާކުރާ ގޮތުގައި، ހޮނިހިރު ދުވަހުވެސް އުތުރަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެއެވެ. އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއަށް ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓުން ބުނެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން މީގެ ކުރިން ބުނެފައި ވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އެދުނެވެ.
އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ


More from Masverin