މަސްވެރި ސިނާއަތުގެ ގޮންޖެހުންތައް މި ވެރިކަމުގައި ހައްލު ކުރެވޭނެކަން ވަރަށް ޔަގީން: ވަޒީރު

Thu, 25 Apr 2024 10:03 AM

View on this article on Masverin

މަސްވެރި ސިނާއަތުގެ ގޮންޖެހުންތައް މި ވެރިކަމުގައި ހައްލު ކުރެވޭނެކަން ވަރަށް ޔަގީން: ވަޒީރު

މި ފަސް އަހަރު ނިމޭއިރު މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ހުރިހާ ގޮންޖެހުންތަކެއް ޙައްލު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.



ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ކެޕޭސިޓީގެ ގޮންޖެހުމާއި، އައިސް ލިބުމުގެ އު ދަގުލާއި ތެޔޮ ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ތެލުގެ އަގު އެއްހަމަ ނުވުމުގެ ސަބަބުން މަސްވެރިންނަށް ހުރި ގޮންޖެހުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކަންތަކުގެ އިތުރުން މަސްވެރިންނަށް ދިމާވާ ހުރިހާ ގޮންޖެހުމަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި، ޔަގީންކަން އެބަ އޮތް މަސްވެރި ސިނާއަތުގައި ހުރި މިކަހަލަ ހުރިހާ ގޮންޖެހުންތައް އަޅުގަނޑުމެން ހައްލު ކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ މިވީ މަދު ދުވަސްކޮޅުގައިވެސް މަސްވެރިކަން ކުރިއެރުވުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.



More from Masverin