ތެލަށް ބަރޯސާވާ މިންވަރު މި ދައުރުގެ ތެރޭގައި %50 ކުޑަ ކުރެވޭނެ: ރައީސް

Fri, 26 Jul 2024 11:29 PM

View on this article on Khabaru Online

ތެލަށް ބަރޯސާވާ މިންވަރު މި ދައުރުގެ ތެރޭގައި %50 ކުޑަ ކުރެވޭނެ: ރައީސް

މި ދައުރުގައި ރާއްޖެއިން ތަލަށް ބަރޯސާވާ މިންވަރު %50 ކުޑަ ކުރެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ގައުމާ މުޚާތަބްކޮށް ވާގަހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލޭ ސަރަހައްދަށް އެވްރެޖްކޮށް ބޭނުންވަނީ 160 ވަރަކަށް މެގަވޮޓްގެ ކަރަންޓު ކަމަށާއި، ސެޕެޝަލް އިކޮނޮމިކް ޒޯން އުފައްދަން އިއުލާން ކުރުމާއެކު، އެ ފުރުސަތުގެ ބޭނުންކޮށް، ހަކަތައިން ކަރަންޓު އުފެއްދުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢު 4 އަހަރު ދުވަހުގެ ތެރޭގައި ނިމިގެން ދާއިރު، އެ މަޝްރޫޢުން 100 މެގަވޮޓްގެ އިއާދަކުރުވަނިވި ހަކަތަ އުފައްދާނެ ކަމަށާއި އެ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ދޫކުރުމުން، މުޅި މާލޭ ސަރަހައްދަށް ދޫކުރާ ކަރަންޓު ފޯރުކޮށްދިނުމަށް ތެލަށް ބަރޯސާވާން ޖެހޭ މިންވަރު %50 ކުޑަ ކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތެޔޮ އިމްޕޯޓު ކުރުމަށް ކޮންމެ އަހަރަކުވެސް 600 ވަރަކަށް މިލިއަން ޑޮލަރު ދައުލަތުން ޚަރަދު ކުރަންޖެހޭ ކަމަށާއި، އެފައިސާ ސަލާމަތް ކުރެއްވިއްޖެނަމަ ދައުލަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައެވެ.

ތަފްސީލް އަންނަނީ..

The post ތެލަށް ބަރޯސާވާ މިންވަރު މި ދައުރުގެ ތެރޭގައި %50 ކުޑަ ކުރެވޭނެ: ރައީސް first appeared on Khabaru Online.



More from Khabaru Online