ބައިނަލްއަގުވާމި ޖިނާއީ ކޯޓުގެ އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

Fri, 24 May 2024 09:24 PM

View on this article on Khabaru Online

ބައިނަލްއަގުވާމި ޖިނާއީ ކޯޓުގެ އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލުން ޣާއްޒާގެ ރަފަހަގައި ހިންމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ކުރި އަރުމަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.



އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ނެރުނު އަމުރުގައި ހުކުމުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލާ ރަފަހަ ކުރޮސިންވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލަން ޖެހޭނެކަމަށެވެ.

ކޯޓުގެ މި އަމުރާއި ގުޅޭގޮތުން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އައިސީޖޭގެ އަމުރަށް އިސްރާއީލުން ތަބާވާންޖެހޭނެ ކަމަށާއި، އެގައުމުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމުގައެވެ. އަދި ކޯޓުގެ އަމުރުގައި ބުނެފައިވާ ފަދައިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރަފާހު ކުރޮސިންވެސް އިސްރާއީލުން ހުޅުވާލަން ޖެހޭނެކަމަށްވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އަދި 1967ގެ އިންތަކާއި އެއްގޮތަށް ފަލަސްތީނުގެ މިނިވަންކަމަށް ތައީދުކުރުންމަތީ ރާއްޖެ ދެމިއޮންނާނެކަމަށްވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

The post ބައިނަލްއަގުވާމި ޖިނާއީ ކޯޓުގެ އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ first appeared on Khabaru Online.



More from Khabaru Online