އިސްރާއީލުން ރަފަހާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަ ބައިނަލްއަގްބާމީ ޖިނާއީ ކޯޓުން ހުކުމްކޮށްފި

Fri, 24 May 2024 06:51 PM

View on this article on Khabaru Online

އިސްރާއީލުން ރަފަހާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަ ބައިނަލްއަގްބާމީ ޖިނާއީ ކޯޓުން ހުކުމްކޮށްފި

އިސްރާއީލުން ޢައްޒާގެ ރަފަހާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަ ބައިނަލްއަގްބާމީ ޖިނާއީ ކޯޓުން ހުކުމްކޮށްފިއެވެ.



އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ ހުކުމުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާ ހުއްޓުވަން ޖެހޭ ކަމަށެވެ.
ރަފާހުގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ "ނަސްލު ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ދިރިތިބުމަށް ނުރައްކާވާ ކަމަށް ބުނެ ކުއްލި ފިޔަވަޅެއްގެ ގޮތުގައި ކޯޓުހެ އަމުރަކަށް ދެކުނު އެފްރިކާއިން ވަނީ އައިސީޖޭގައި އެދިފަ އެވެ.
މި އެދުމަކީ ޣައްޒާގައި އިސްރާއީލުން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ދެކުނު އެފްރިކާއިން އެކޯޓަށް ހުށަހަޅާފައިވާ ބޮޑު މައްސަލައިގެ ބައެކެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކަށް ފަހު ހަމާސް ބަލިކުރުމަށް އިސްރާއީލުން ރަފާގައި އަސްކަރީ ހަރަކާތް ހިންގުމަކީ މުހިއްމު ކަމެއް ކަމަށް އެގައުމުން ބުނެފައިވާއިރު، ދެކުނު އެފްރިކާގެ މައްސަލައަކީ "މުޅިން އަސާސެއް ނެތް" މައްސަލައެއްކަމަށްވެސް އިސްރާއީލުން ބުނެފައި ވެއެވެ.

އައިސީޖޭ އަކީ ޔޫއެންގެ އެންމެ މަތީ ކޯޓެވެ. އެކޯޓުގެ އަމުރުތަކަށް ތަބާވުމަކީ ޔޫއެންގެ މެމްބަރު ގައުމުތަކަށް ލާޒިމް ކަމަކަށްވި ނަމަވެސް، ކޯޓުގެ އަމުރުތައް ތަންފީޒުކުރެވޭނެ ގޮތެއް އެކޯޓަށް ފަހިވެފައެއް ނޯވެއެވެ.

ތަފްސީލު އަންނަނީ..



More from Khabaru Online