ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

Fri, 26 Apr 2024 08:02 PM

View on this article on Khabaru Online

ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ނޫރާނީ ސުކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، 40 ދަރިވަރުން ބައިވެރިވިއެވެ.
މި ސެޝަނުގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުލާހުގެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފަޔަރ ފައިޓިންގގެ ތަޢާރަފާއި، ފަޔަރ އިމަޖެންސީތަކާ ބެހޭގޮތުންނާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން، ބަންދުވެފައިހުރި ތަނެއްގައި ދުން ބޯވެއްޖެނަމަ އަމަލުކުރާނެގޮތް ވަނީ ކިޔައިދީފައެވެ.
މި ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.

The post ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި first appeared on Khabaru Online.





More from Khabaru Online