ވެމްކޯގެ އެމްޑީއަށް ކުރި ކޮރަޕްޝަންގެ ތުހުމަތު ދޮގު ކޮށްފި

Tue, 07 May 2024 10:45 PM

View on this article on Khabaru Online

ވެމްކޯގެ އެމްޑީއަށް ކުރި ކޮރަޕްޝަންގެ ތުހުމަތު ދޮގު ކޮށްފި

6 މޭ 2024 ވަނަ ދުވަހު "ދިޔަވަރު" ވެބްސައިޓުން ވެމްކޯގެ މެނޭޖިން ޑައިރެކްޓަރަށާއި އެކުންފުނީގެ މާލީ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ޝާއިއު ކޮށްފައިވާ އާރޓިކަލްއަކީ އެއްވެސް ހަގީގަތެއް ނުވަތަ ހެއްކެއް ނެތި ޝާއިއު ކޮށްފައިވާ ދޮގު ލިޔުމެއް ކަމުގައި އެކުންފުނިން ބުނެފިއެވެ.



ވެމްކޯގެ އެމްޑީއަށް ނާޖާއި ފައިދާ ލިބޭގޮތަށް ވެމްކޯއިން ކުނި އުފުލާ އެއްގަމު އުޅަނދުތަކެއް ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ހެއްކެއް ނެތި އެފަދަ ތުހުމަތުތަކެއް ކުރުން އެކުންފުނިން ކުއްވެރި ކުރާ ކަމަށާއި، އެތުހުމަތު ކޮށްފައިވާ "ދިޔަވަރު" ނޫހަކީ މީޑިއާ ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއް ނޫންކަމުގައެވެ.

ވެމްކޯއިން ބުނެފައިވަނީ އެކުންފުނީގެ އެންމެހާ މާލީ ނިންމުންތަކަކީ އެކަމަށް ޙާއްސަ ފާރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ފުރިހަމަ ނިޒާމެއްގެ ތެރެއިން ދެފުށްފެންނަ ގޮތަށް ނިންމަމުންދާ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ވެމްކޯގެ މާލީ ކަންކަން ނިންމާނީ ކުންފުނީގެ ބޯޑާއި، ބޮޑް ކޮމިޓީގެ ނިންމުތަކަށް ބިނާކޮށް އެފަރާތްތަކުން ކަން ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ޚަބަރަކީ ވެމްކޯގެ މަތީ މެނޭޖްމެންޓްގެ ބޭފުޅުންގެ އަބުރާއި އިއްޒަތް ނަގާލުމަށާއި ކުންފުނީގެ މާލީ އަމާނާތްތެެރިކަމާއި، ނަޒާހަތްތެރިކަމާއި ބެހޭގޮތުން އާންމުންގެ ހިތްތަކުގައި ސުވާލު އުފައްދާ، ނުރަނގަޅު ތަސައްވަރެއް އުފެދުމުގެ ބޭނުމުގައި ލިޔެފައިވާ ޚަބަރެއް ކަމުގައެވެ.

ވެމްކޯއިން ބުނެފައިވަނީ މިފަދަ ކަންކަމުގެ ސަބަބުން އާންމުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަަސައްކަތުގެ އަގުވަޒަންނުވުމުގެ ފުރުސަތު ބޮޑުވާކަމަށާއި، އެއްވެސް ފަރާތަކުން އެ ކުންފުންޏާއި ގުޅޭގޮތުން އާރޓިކަލްއެއް ޝާއިއު ކުރާނަމަ އެކުންފުނިން މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކުރާ ކަމުގައެވެ.



More from Khabaru Online