ހެއްކާބެހޭ ބިލް އިސްލާހު ކުރުމަކީ އަޅާ ރަގަޅު ފިޔަވަޅެއް: އެމްޖޭއޭ

Wed, 08 May 2024 12:03 AM

View on this article on Khabaru Online

ހެއްކާބެހޭ ބިލް އިސްލާހު ކުރުމަކީ އަޅާ ރަގަޅު ފިޔަވަޅެއް: އެމްޖޭއޭ

އަންނަ 20 ވަނަ މަޖިލީހުން ހެއްކާބެހޭ ބިލަށް އިސްލާހު ގެންނާނެކަމަށް ސަރުކާރުން ވިދާޅުވުމާއި ގުޅިގެން އެމްޖޭއޭއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.



އެމްޖޭއޭއިން ބުނެފައިވަނީ ފާއިތުވި 2 އަހަރެއްހާ ދުވަހު އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އިސްލާހުކުރަން މަސައްކަތްކުރި އެއްކަމަކީ ޖެނުއަރީ 2023 ގައި އަމަލުކުރަންފެށި ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިންނަށް ފުޅާ ދާއިރާއެއްގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް އޮތުމާ މެދު ކަމުގައެވެ.

އެގޮތުން ނޫސްވެރިންނަށް ފަހިވާގޮތަށް އެގާނޫނު އިސްލާހު ކުރުމަށް އަލަށް ފަށާ ސަރުކާރުގެ މެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހަށް ހުށަހަޅާނެކަމަށް އިއްޔެ ސަރުކާުރން ހާމަކޮށްފައިވާތީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ސަރުކާރުން އަޅާނެ ރަގަޅު ފިޔަވަޅެއްކަމުގައާއި އަދި ހެޔޮ ފާލެއްކަމުގައި އެ ޖަމިއްޔާއިން ދެކޭކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ އިސްލާހު ގެނައުމުގައި އެޖަމިއްޔާގެ އެހީތެރިކަން އެންމެ ފުޅާ ދާއިރާގައި ލިބޭނެކަމަށްވެސް އެމްޖޭއޭއިން ބުނެފައި ވެއެވެ.

The post ހެއްކާބެހޭ ބިލް އިސްލާހު ކުރުމަކީ އަޅާ ރަގަޅު ފިޔަވަޅެއް: އެމްޖޭއޭ first appeared on Khabaru Online.



More from Khabaru Online