މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

Fri, 26 Apr 2024 12:13 AM

View on this article on Khabaru Online

މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.



އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ރަސްމީ ނަތީޖާ އިއުލާންކުރަން ފެށީ އިންތިހާބާ ގުޅިގެން ބޮޑު މައްސަލައެއް ދިމާވެފައި ނުވާތީއާއި އަލުން ވޯޓު ފޮށްޓެއް ގުނަަން ޖެހޭ ހާލަތެއް މެދުވެރިވެފައި ނުވާތީ ކަމަށެވެ. އެގޮތުން ވަރަށް ގިނަ ދާއިރާ ތަކެއްގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޯޓް ފޮށި ބެހެއްޓިއެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ދާއިމީ ނަތީޖާއިން ވެސް ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް 66 ގޮނޑި ވަނީ ލިބިފައެވެ. އެއީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ. މީގެއިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީއަށް 12 ގޮނޑި ވަނީ ލިބިފައެވެ.

The post މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި first appeared on Khabaru Online.



More from Khabaru Online