ޒޯޔާ ގެ ފިލްމް އެއް އާމިރުއަށް

Sun, 05 May 2024 04:56 PM

View on this article on Khabaru Online

ޒޯޔާ ގެ ފިލްމް އެއް އާމިރުއަށް

މަޝްހޫރު ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ ފިލްމް އެއް ސްޕަސްޓާރު އާމިރު ހާން އަށް ހުށައަލައިފައިވާ ކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ.



މީޑިއާތަކުން ބުނީ އާމިރަށް ހުށަހެޅީ މެދު އުމުރުގެ މީހަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް މި ފިލްމް އާއި ބެހޭގޮތުން މިހާތަނަށް ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. އަދި މި ފިލްމް އިއުލާން ކޮށްފައިއެއް ވެސް ނުމެވެއެވެ. ޒޯޔާ އަކީ ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ ގިނަ އަދަދެއްގެ ސްޓާކިޑުން ތަކެއް ބޮލީވުޑް އަށް ތައާރަފު ކުރި ފިލްމް "ދި އާޗީސް"އެވެ.

އާމިރު މިހާރު އަންނަނީ އޭނަ ޕްރޮޑިއުސްކޮށް، ކުޅޭ "ސިތާރޭ ޒަމީން ޕަރު" ގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން އަމާޒު ހިފާފައިވާ މި ފިލްމަކީ ސްޕެއިންގެ ފިލްމު "ޗެމްޕިއަންސް" ގެ ރިމޭމެކެވެ.

"ސިތާރޭ ޒަމީން ޕަރު" ގެ ޑައިރެކްޓަރަކީ 2017 ގެ "ޝުބް މަންގަލް ސާވުދާން" ގެނެސްދިން އާރްއެސް ޕްރަސައްނާ އެވެ.

 

The post ޒޯޔާ ގެ ފިލްމް އެއް އާމިރުއަށް first appeared on Khabaru Online.



More from Khabaru Online