"ކަލްކީ" ގައި އަމިތާބް ފެންނަ ގޮތް ދައްކައިލައިފި

Thu, 25 Apr 2024 06:08 PM

View on this article on Khabaru Online

"ކަލްކީ" ގައި އަމިތާބް ފެންނަ ގޮތް ދައްކައިލައިފި

މިހާރު ބޮލީވުޑްގެ އޭ ލިސްޓުގައި ގުނައިލެވޭ ދެ ތަރިން ކަމުގައިވާ ޕްރަބާސް އާއި ދީޕިކާ ޕަދުކޯންގެ ފިލްމް "ކަލްކީ: 2898 އޭޑީ" ގައި އަމިތާބް ބަޗަން ފެނިގެންދާ ގޮތުގެ ޓީޒާއެއް ދައްކައިލައިފިއެވެ.



މި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ 2898 އޭޑީއަށެވެ. އެހެންވެ މުސްތަގުބަލުގައި ހިނގައިފާނެ ކަމަށް ބެލެވޭ ހާދިސާތަކެއް ދައްކުވައިދޭނެ އެއްޗެކެވެ. މި ފިލްމް އަކީ ބޮޑު ބަޖެޓަކުން ހަދައިފައިވާ ފިލްމްއެކެވެ.

"ވަރަށް ގަދީމީ" ގޮތަކަށް އޭނަ ފެންނަ ކެރެކްޓާ އަށް ކިޔަނީ އަޝްވަތައްމާ އެވެ. "ކަލްކީ" ގައި އަމީތާބް ފެންނާނެ ގޮތް ދައްކައިލުމާ އެކީ މިއީ އޭނަގެ ވަރަށް ތަފާތު ރޯލަކަށްވާނެކަމުގެ ކުލަވަރު ވަރަށް ބޮޑެވެ.

 

View this post on Instagram

 

A post shared by Vyjayanthi Movies (@vyjayanthimovies)

ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގު އަޝްވިން ލިޔެ، ޑައިރެކްޓްކޮށް އެޕިކް ސައިންސް ފިކްޝަންއެއްގެ ގޮތުގައި ގެނެސްދޭ "ކަލްކީ" ގެ މައިގަނޑު ތަރިންނަކީ ޕްރަބާސް އާއި ދީޕިކާ ޕަދްކޯން އާއި ކަމަލް ހަސަނާއި އަމީތާބް ބައްޗަންގެ އިތުރުން ޑިޝާ ޕަޓާނީ އެވެ.

މި ފިލްމަކީ 600 ކްރޯޑް ރުޕީސް 73 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ އެއްޗެކެވެ.

 

The post "ކަލްކީ" ގައި އަމިތާބް ފެންނަ ގޮތް ދައްކައިލައިފި first appeared on Khabaru Online.



More from Khabaru Online