ބިދޭސީ އަންހެނަކު އިމިގްރޭޝަންނަށް ހާޒިރުވާން އާންމުކޮށް އަންގާ އިއުލާން ކޮށްފި

Sat, 04 May 2024 10:54 PM

View on this article on Khabaru Online

ބިދޭސީ އަންހެނަކު އިމިގްރޭޝަންނަށް ހާޒިރުވާން އާންމުކޮށް އަންގާ އިއުލާން ކޮށްފި

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ އަންހެނަކު އިމިގްރޭޝަންނަށް ހާޒިރުވާން އާންމުކޮށް އަންގާ އިއުލާން ކޮށްފިއެވެ.



އިމިގްރޭޝަނުން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ސުވަރަންޖިތު ކައުރު ނަމަކަށް ކިޔާ، އުމުރުން 36 އަހަރު އިންޑިއާގެ އަންހެންމީހާ، މިއަދުން ފެށިގެން 5 ދުވަހުގެ ތެރޭގައި ހެނދުނު 8:00 އިން 4:00 އާދެމެދު އިމިގްރޭޝަނަށް ހާޒިރުވާން ޖެހޭނެ ކަމުގައެވެ.

އަދި މި އަންހެން މީހާއައި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އިމިގްރޭޝަންގެ ނަންބަރު 9199017 ނަމްބަރު ފޯނަށް ގުޅުމަށްވެސް ބުނެފައި ވެއެވެ.

މި އަންހެންމީހާ ހޯދާ ސަބަބެއް އިމިކްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

The post ބިދޭސީ އަންހެނަކު އިމިގްރޭޝަންނަށް ހާޒިރުވާން އާންމުކޮށް އަންގާ އިއުލާން ކޮށްފި first appeared on Khabaru Online.



More from Khabaru Online