ހީނާމާގޭ ޕާކިންއަށް ކުނި އެޅި 3 މީހަކު ޖޫރިމަނާކޮށްފި

Thu, 25 Apr 2024 05:09 PM

View on this article on Khabaru Online

ހީނާމާގޭ ޕާކިންއަށް ކުނި އެޅި 3 މީހަކު ޖޫރިމަނާކޮށްފި

މާލެ ސިޓީގައި ހުންނަ ހީނާމާގޭ ޕާކިން އަށް ކުނި އެޅި ތިން މީހަކު ޖޫރިމަނާކޮށްފިއެވެ.



މާލެ ސިޓީ ކައުންސިލުން ބުނީ މި ހަފްތާގެ ތެރޭގައި ހީނާމާގޭ ޕާކިން ތެރެއަށް ކުނި އެޅި ތިން މީހަކު ފާހަގަ ކުރެވިގެން ކޮންމެ މީހަކު 500ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ހީނާމާގޭ ޕާކިން ހުންނަ ސަރަހައްދަށް ކުނި އެޅި މީހުން ހޯދާފައި ވަނީ ސީސީޓީވީ ފޫޓޭޖް ބޭނުންކޮށްގެންނެވެ.

މާލޭގެ މަގުމަތީގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އެގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އަދި ވީޑިއޯ 9341144 ނަންބަރަށް (ވައިބަރ/ވަޓްސްއެޕް) ކުރުމަށް އަދި ވެބްސައިޓު މެދުވެރިކޮށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަން މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މާލޭގެ މަގުތައް ސާފުކުރުމަށް ވެމްކޯ އާއި ސިޓީ ކައުންސިލް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ގިނަ ސަރަހައްދުތައް ވަނީ ކުނި ނަގާ ސާފުކޮށްފައެވެ. އެ ކައުންސިލުން ދަނީ މަގުމައްޗަށް ކުނިއަޅާ މީހުން ބަލައި ޖޫރިމަނާވެސް ކުރަމުންނެވެ.

The post ހީނާމާގޭ ޕާކިންއަށް ކުނި އެޅި 3 މީހަކު ޖޫރިމަނާކޮށްފި first appeared on Khabaru Online.



More from Khabaru Online