ޕްރަޝާންތު ގެ ފިލްމް އެއް ރަންވީރަށް

Sun, 05 May 2024 09:03 AM

View on this article on Khabaru Online

ޕްރަޝާންތު ގެ ފިލްމް އެއް ރަންވީރަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އަށް ހުރާފީ ފިލްމް އަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.



މި ފިލްމަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ޕްރަޝާންތު ވަރުމާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް އިތުބާރު ހުރި ނޫސްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މި ފިލްމާއި ބެހޭގޮތުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހިއްސާ އެއް ނުކުރެއެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ ޕްރަޝާންތު އަކީ މިދިޔަ ފެބްރުއަރީގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހީރޯ ފިލްމު "ހަނޫ-މޭން" ގެ ޑައިރެކްޓަރުކަމެވެ. އެންމެ 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ 330 ކްރޯޑް ރުޕީސް (40 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.  ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް މި ފިލްމް އަށް ލިބިގެން ދިއަ އިރުގައި މި ފިލްމް އަކީ ބޮކްސް އޮފީގުގައި ވެސް ރެކޯޑު މުގުރާލި ފިލްމްއެކެވެ.

The post ޕްރަޝާންތު ގެ ފިލްމް އެއް ރަންވީރަށް first appeared on Khabaru Online.



More from Khabaru Online