އެހީގެ ގޮތުގައި ޒަކާތު ފަންޑުން މާރޗްމަހު 8 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

Wed, 24 Apr 2024 10:15 PM

View on this article on Khabaru Online

އެހީގެ ގޮތުގައި ޒަކާތު ފަންޑުން މާރޗްމަހު 8 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި ފާއިތުވި މާރޗްމަހު މަހު 800،000 ރ. އަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

މިއަދު ޢާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ރިޕޯޓުން ދައްކާ ގޮތުގައި ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން ވަނީ 59 މީހަކަށް ޖުމުލަ 878،682.88 ޚަރަދުކޮށްފައިވެއެވެ. މިއީ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޢަދަދަށް ވުރެ 28 އިންސައްތަ އިތުރު ޢަދަދެކެވެ.

ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ 685،026.19 ރ. އެވެ.

ޒަކާތު ފަންޑުން އެހީ ދިން މައިގަނޑު ދާއިރާތަކުގެ ތެރޭގައި  ކެންސަރު ފަރުވާއާއި، ހިތުގެ އޮޕަރޭޝަންތަކާއި، ސިކުނޑީގެ އޮފަރޭޝަންތަކުގެ އިތުރުން ޓްރާންސްޕްލާންޓް ހެދުންވެސް ހިމެނެއެވެ.

ޒަކާތު ހައުސްގެ ރިޕޯޓުން ދައްކާ ގޮތުގައި ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށްވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.

ޒަރޫރީ އެހީގެ ގޮތުގައި، މިދިޔަ މާރިޗު މަހު ޚާއްޞަ ޙާލަތްތައް މެދުވެރިވެފައި ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެއިތުރުން އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28 ރުފިޔާ  ޚަރަދުކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާފައިވަނީ 18 ޑިސެމްބަރ 2023 ގައެވެ. މޯލްޑިވްސް ޒަކާތު ހައުސް އުފައްދަވާފައިވަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރިއެރުވުމުގެ މަޤުސަދުގައެވެ.

The post އެހީގެ ގޮތުގައި ޒަކާތު ފަންޑުން މާރޗްމަހު 8 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި first appeared on Khabaru Online.



More from Khabaru Online