ފެނުގެ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސް ފާއިތުވެ، ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ: މޭޔަރު

Sat, 04 May 2024 04:28 PM

View on this article on Khabaru Online

ފެނުގެ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސް ފާއިތުވެ، ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ: މޭޔަރު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސް ފާއިތުވެ، ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.



އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެންސަޕްލައި ކޮއްދިނުނުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާއި ގާތްވެފައިވާއިރު، މިކަމުގައި ރައްޔިތުންގެ ޝަކުވާ ދަނީ އިތުރުވަމުން ކަމުގައެވެ.

އަދި މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ނިޒާރު ވިދާޅުވީ މިތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކަ މެނޭޖްމަންޓުގެ ކިބައި އެދޭ ކަމުގައެވެ.

 

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ފެން ޕްލާންޓަށް ދޭތެރެ ދޭތެރެއިން މައްސަލަތައް ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

The post ފެނުގެ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަސް ފާއިތުވެ، ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ: މޭޔަރު first appeared on Khabaru Online.



More from Khabaru Online