ލީކު ކޮށްލާފައިވަނީ ތަތްގަޑެއް ތާރީޚެއްވެސް، ބޭނުން ގޮތަކަށް ހަދާލާފަ އޮތް ރިޕޯޓެއް: ރައީސް

Wed, 17 Apr 2024 12:59 AM

View on this article on Khabaru Online

ލީކު ކޮށްލާފައިވަނީ ތަތްގަޑެއް ތާރީޚެއްވެސް، ބޭނުން ގޮތަކަށް ހަދާލާފަ އޮތް ރިޕޯޓެއް: ރައީސް

ރައީސް މުއިއްޒު ކޮށްފައިވާކަމަށް ބުނާ މާލީ އެތައް މުއާމަލާތުތަކެއް ހިމެނޭ، އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާކަމަށް ބުނާ ރިޕޯޓަކާއި އަދި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބުނެ ލީކު ކޮށްލާފައިވާ ރިޕޯޓުތަކަކީ ތަތްގަޑެއް ތާރީޚެއްވެސް، ބޭނުން ގޮތަކަށް ހަދާލާފަ އޮތް ރިޕޯޓްތަކެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު، މުޙައްމަދު އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުއިއްޒު ކޮށްފައިވާކަމަށް ބުނާ މާލީ އެތައް މުއާމަލާތުތަކެއް ހިމެނޭ، އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާކަމަށް ބުނާ ރިޕޯޓަކާއި އަދި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވަނީ ކާކުކަން ނޭގޭ އެކްސް ހޭންޑްލްއަކުންނެވެ.

އެރިޕޯޓުތަކުގައި ވަނީ ރައީސް މުއިއްޒުގެ ދިމްޔާތު ތަރައްގީ ކުރުމަށް ހޭދަކުރެއްވި ފައިސާގެ މުއާމަލާތްތަކާއި އަދި ޗައިނާގެ ބައެއް ކުންފުނިކުން އެމަނިކުފާނަށް ލިބިވަޑައިގެންނެވިކަމަށް ބުނާ ފައިސާގެ މުއާމަތާތަކުގެ ތަފްސީލްތައްވެސް ހިމަނާފައެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި، ރައްޔިތުންގެ މުދަލާއި ފައިސާގައި ވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމުގައެވެ.

އެހެންވީމަ އަދި ތިގޮތަށް އަޅުގަޑުގެ ބޮލުގަ ކަމެއް އަޅުވަންއުޅެ ކުރީގަވެސް ނުވިކަމެއް. ދެނެއްވެސް ނުވާނެ. އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ. އެހެންވީމަ ކުރިޔަށް ވަޑައިގަންނަވާ.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ރޯހައުސް ކުއްޔަށް ދީފަ ހުންނާނީ ބޭރު ބަޔަކަށް ކަމަށާއި، ލީކު ކޮށްލާފައިވާ ރިޕޯޓުގައި ހުރީ އެ ރެންޓުގެ ވާހަކަ ކަމުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމުގަ ލީކުކޮށްލައިގެން އުޅެނީ ޕޮލިސް އިންޓެލިޖެންސް ރިޕޯޓުގެ ނަމުގަ ޑްރާފްޓް ރިޕޯޓެއް ކަމަށާއި، އޭގަ ތަތްގަޑެއްވެސް ތާރީޚެއްވެސް ނެތްކަމުގައެވެ.

އެމީހުން ބޭނުން ގޮތަކަށް ހަދާލާފަ.. އެމީހުން ހޯދިނަމަ ފެންނާނެތާ. އެމީހުންގެ ވެރިކަން މިދިޔަ 5 އަހަރު އޮތީ. އުޅެ އުޅެވެސް ނުފެނުނީ ކަމެއް.. އަޅުގަނޑު އެދެނީ ހަމަ ގަދަޔަށް ތި ވާހަކަ ދައްކަން. ދެއްކި ވަރަކަށް ހަމަ ތި ބޭފުޅުން ބޭޒާރުވާނީ.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދެން ހުރީ ބައްޕަގެ ކިބައިން ވާރުދަވި މުދަލުގެ ވާހަކަ ކަމަށާއި، އެބޭފުޅުން އެ ބުނާފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

The post ލީކު ކޮށްލާފައިވަނީ ތަތްގަޑެއް ތާރީޚެއްވެސް، ބޭނުން ގޮތަކަށް ހަދާލާފަ އޮތް ރިޕޯޓެއް: ރައީސް first appeared on Khabaru Online.



More from Khabaru Online