ކުދިން އަހަރެންގެ އަޑެއް ނާހާ: އާމިރު ހާން

Tue, 30 Apr 2024 10:37 AM

View on this article on Khabaru Online

ކުދިން އަހަރެންގެ އަޑެއް ނާހާ: އާމިރު ހާން

އަމިއްލަ ދަރިން އޭނާގެ އަޑު ނާހާ ކަމަށާއި އެޑްވައިޒް އެއް ދިނުމަށްވެސް ނޭދޭ ކަމަށް ބޮލީވުޑްގެ ސްޕަސްޓާރު އާމިރު ހާން ބުނެފިއެވެ.



3 ކުދިންގެ ބައްޕަ މި ފަދައިން ވާހަކަ ދައްކައިފައިވަނީ މިފަހުން އޭނާ ބައިވެރިވި ކަޕިލް ޝޯވ ގައި ބައިވެރި ވަމުންނެވެ. މިހާރު ނެޓްފްލިކްސް އިން ގެނެސްދޭ ކޮމެޑީ ޝޯވ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯވ" ގައި ވާހަކަ ދައްކަމުން އާމިރު ބުނީ އިންޑަސްޓްރީގެ އެންމެ މީހުން އޭނާ އަށް ކޮންމެދުވަހުކު ވެސް އެތަށް ކޯލެއް ކުރާމަށެވެ.

އަދި މި ފަދަ ކޯލް ތަކަކީ އެމީހުން ގެ ކުދިންނަށް އެޑްވައިޒް ނުވަތަ ނަސޭހަތް ދިނުމަށް ކުރާ ކޯލް ތަކެއް ކަމަށެވެ. އަދި އެމީހުންގެ އެދުމަކީ އާމިރު އެމީހުންގެ ދަރިންނަށް ރަނގަޅު ނަސޭހަތް ދިނުމާއި އެޑްވައިޒް ދިނުމެވެ. އަދި ބައެއް މީހުން ގުޅާފައި ހަފްތާ ދެ ހަފްތާ އޭނާ އާއި ވަގުތު ހޭދަކުރުމަށް އެމީހުންގެ ދަރިން ފޮނުވަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައިއެވެ.

ނަމަވެސް އެހެން މީހުންގެ ދަރިން ނަށް އޭނާ ލައްވާ އެޑައިޒްދޭން ގުޅި ނަމަވެސް އެމިއްލަ ދަރިން އޭނާގެ އެޑްވައިޒް ބޭނުން ނޫވާ ކަމަށް ވަނީ ބުނެފައިއެވެ. އަދި އެއްވެސް ވަރަކަށް އޭނާ ގެ ބަސް އަހަން ބޭނުން ނުވާ ކަމަށްވެސް ވަނީ ބުނެފައިއެވެ.

އާމިރުގެ 3 ކުދިން ތިބެއެވެ. އެއީ މިހާރު ފިލްމީ އިންޑަސްޓްރީ އަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަ އޭނާގެ ދޮށީ ފިރިހެން ދަރިފުޅޫ ޖުނައިދު ހާން އާއި ދޮށީ އަންހެން ދަރިފުޅު އިރާ ހާން އަދި އެންމެ ހަގު އަޒާދް އެވެެ.

 

The post ކުދިން އަހަރެންގެ އަޑެއް ނާހާ: އާމިރު ހާން first appeared on Khabaru Online.



More from Khabaru Online