"ކަލްކީ" އަށް އައު ތާރީހެއް

Tue, 30 Apr 2024 10:44 AM

View on this article on Khabaru Online

"ކަލްކީ" އަށް އައު ތާރީހެއް

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަލްކީ: 2898 އޭޑީ" ރިލީޒްކުރަން ނިންމާފައިވާ އާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.



މި ފިލްމް އަކީ ވަރަށް ވެސް އުންމީދީ ފިލްމްއެވެ. ފިލްމްގެ ލީޑުން ދީޕިކާ އާއި ޕްރަބާސް ފެނިގެންދާއިރުގައި މި ފިލްމްގެ މުހިންމު ރޯލަކުން އަމިތާބް ބަޗަން ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

ކުރިން އަންނަ ޖޫން މަހުގެ 20 އަށް ތާވަލުކުރި ފިލްމު މިހާރު ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ޖޫން 27 ގަ އެވެ. ކުރިން އެ ފިލްމް އެޅުވުމަށް ތާވަލު ކޮށްފައިވާ ދުވަހު ގިނަ ފިލްމް ތަކެއް ރިލީޒް ކުރުމަށް އޮތީ ތާވަލް ކޮށްފައިއެވެ.

ބެލެވޭ ގޮތުގައި ފިލްމް ރިލީޒް ކުރާ ދުވަސް ބަދަލު ކުރީ އެސަބަބާއި ހެދިއެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ 2898 އޭޑީއަށެވެ. އެހެންވެ މުސްތަގުބަލުގައި ހިނގައިފާނެ ކަމަށް ބެލެވޭ ހާދިސާތަކެއް ދައްކުވައިދޭނެ އެއްޗެކެވެ. މި ފިލްމް އަކީ ބޮޑު ބަޖެޓަކުން ހަދައިފައިވާ ފިލްމްއެކެވެ.

ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގު އަޝްވިން ލިޔެ، ޑައިރެކްޓްކޮށް އެޕިކް ސައިންސް ފިކްޝަންއެއްގެ ގޮތުގައި ގެނެސްދޭ "ކަލްކީ" ގެ މައިގަނޑު ތަރިންނަކީ ޕްރަބާސް އާއި ދީޕިކާ ޕަދްކޯން އާއި ކަމަލް ހަސަނާއި އަމީތާބް ބައްޗަންގެ އިތުރުން ޑިޝާ ޕަޓާނީ އެވެ.

 

The post "ކަލްކީ" އަށް އައު ތާރީހެއް first appeared on Khabaru Online.



More from Khabaru Online