މިފްކޯއަށް ޗީފް އިންޓާނަލް އޮޑިޓަރެއް ހޯދަން އިއުލާނު ކޮށްފި

Tue, 22 Oct 2024 10:23 AM

View on this article on Huvadhoo News

މިފްކޯއަށް ޗީފް އިންޓާނަލް އޮޑިޓަރެއް ހޯދަން އިއުލާނު ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އަހަރު ދުވަހުގެ މުއްދަތަށް ޗީފް އިންޓާނަލް އޮޑިޓަރެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. މި އިޢުލާނު ކުރީ އާދިއްތަ ދުވަހުއެވެ.



މިފްކޯއިން ބުނި ގޮތުގައި މި މަގާމަށް މީހަކު ހޯދަނީ ކުންފުނީގެ އޮޑިޓް ޗާޓަރު ތައްޔާރު ކުރުމަށާއި، ކުންފުނީގެ ހިންގުމާ ގުޅޭ ހުރިހާ ކަމެއް ދަނީ ރަނގަޅަށްތޯ އިވެލުއޭޓް ކުރުމަށް ކަމަށެވެ. މީގެ އިތުރުން، ރިސްކް މެނޭޖްމަންޓް އަދި ގަވަނަންސް ފްރޭމްވޯކް ހިނގާ ގޮތް އިވެލުއޭޓް ކުރުމާއި، އޮޑިޓަށް ބޭނުންވާ ކަންތައް ފާހަގަކޮށް އިންޓާނަލް އޮޑިޓުގެ އަހަރީ ޕްލޭން ތައްޔާރުކުރުން ވެސް ހިމެނެއެވެ.

މި މަގާމުގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެކްސްޓާނަލް އޮޑިޓް ކުރިއަށް ގެންދަނީ އެންމެ ހަރަދު ކުޑަކޮށް އެންމެ އެދެވޭ ގޮތަށްތޯ ކަށަވަރުކުރުމާއި، އިންފޮމޭޝަން ސިސްޓަމް ކުންފުނީގެ މަގުސަދުތަކާ އެއްގޮތަށް ގެންދޭތޯ ކަށަވަރުކުރުން ހިމެނެއެވެ. އަދި އޮޑިޓް ކުރިއަށްދާ ގޮތުގެ ރިޕޯޓު މެނޭޖްމަންޓަށް ހުށަހެޅުމާއި، އޮޑިޓް ރިޕޯޓު ތައްޔާރުކޮށް ކުންފުނީގެ ބޯޑަށާއި މެނޭޖްމަންޓަށް ހުށަހެޅުން ވެސް ހިމެނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. ސީއައިއޭ، އޭސީސީއޭ، ސީއައިއެމްއޭ ނުވަތަ ސީޕީއޭ ސެޓްފިކެޓް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބުނެފައިވާ ލިޔުންތައް މިފްކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުމަށް މިފްކޯއިން އެދިފައިވެއެވެ.



More from Huvadhoo News