ވިލިމާލޭގައި ޤާއިމްކުރެވޭ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމި ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

Fri, 18 Oct 2024 07:54 AM

View on this article on Huvadhoo News

ވިލިމާލޭގައި ޤާއިމްކުރެވޭ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމި ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ވިލިމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމި ޓެންޑަރިން މަރުހަލާ ކުރިއަށް ގެންދިއުމަށް  ޗައިނާ ސަރުކާާރާއެކު އެއްބަސްވުމެއްގައި ސޮއިކުށްފިއެވެ.



އެ ރަސްމިއްޔާތުގައި ފީސިބިލިޓީ ފައިންޑިންގްސްގެ މެމޮރެންޑަމްގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލީޒިންގ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ މަޝްރޫއުޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮއްދެއްވުމަށްޓަކައި އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ވިލިމާލޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވި، 15,000 ރައްޔިތެއްގެ އެތައް ދުވަހުގެ ދަތި ދިގު ތަކުލީފަކަށް ނިމުމެށް އަންނާނެކަމަށް އުއްމީދުކުރެވޭ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ރަސްމިއްޔާތުގައި އައި.ޖީ.އެމް.އެޗްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޗައިނާ އެމްބަސީގެ އިސްވެރިންނާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަޝްރޫޢު ނިމުމާއެކު ވިލިމާލޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރައްވައެވެ.



More from Huvadhoo News