ޑޮލަރު ވިއްކާކަމަށް ބުނެ ފޭކް ސްލިޕެއް ފޮނުވައިގެން 28,000 ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

Thu, 17 Oct 2024 10:09 PM

View on this article on Huvadhoo News

ޑޮލަރު ވިއްކާކަމަށް ބުނެ ފޭކް ސްލިޕެއް ފޮނުވައިގެން 28,000 ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި

ފޭކް ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 28,000 ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.



މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޒައިދާން މުޙައްމަދު ހާޝިމް (27 އ) ކިޔާ މީހެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ ޑޮލަރު ވިއްކާކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން މަކަރާ ހީލަތުން ޒައިދާން 28,000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. އޭނާ ވަނީ އޭގެތެރެއިން ބައެއް ފައިސާ އަނބުރާ ރައްދުކޮށްފައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާގެ އަނބިމީހާ އަދި އާއިލާއާ ވާހަކަދެކެވި ފައިސާ އަނބުރާ ދޭނެކަމަށް އެއްބަސްވެފައިވާ ކަމަށް ގެއްލުން ލިބުނު ފަރާތުގެ ބަޔާނުގައި ބުނެފައިވާކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަމުރުގައިވާ ގޮތުން ގެއްލުން ލިބުނު ފަރާތަކީ ބިދޭސީއެކެވެ.

އަމުރުގައި ބުނެފައިވާ ގޮތުން، ފައިސާގެ ބަދަލު ދިނަސް އޭނާ ބުނާ ގޮތުގައި މިއީ އޭނާ ކޮށްފައިވާ ކަމެއް ނޫނެވެ.

މި މައްސަލާގައި ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.



More from Huvadhoo News