ފިހާރައެއް ފަޅައިލި ބަޔަކު ހައްޔަރުކޮށްފި

Thu, 17 Oct 2024 09:55 PM

View on this article on Huvadhoo News

ފިހާރައެއް ފަޅައިލި ބަޔަކު ހައްޔަރުކޮށްފި

މާވެޔޮމަގުގައި ހުރި ފިހާރައެއް ފަޅައިލި ބަޔަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން މިރޭ ބުނީ ރޭ ފަތިހު 4:20 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުން ދިޔައިރު، މާވެޔޮމަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިކަން ފާހަގަކުރެވިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ 3 މީހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރީ ގދ.ވާދޫ، އަތަމާގެ، އިޙުސާން އިބްރާހިމް (26 އ) އާއި، ގދ.ވާދޫ، ލިލީގެ، މުޙައްމަދު ސޮބާހު (46 އ) އަދި ރ.އިނގުރައިދޫ، ދަނބުރުއްދަށުގެ، އިބްރާހިމް މުޙައްމަދު ރަޝީދު (34 އ) އެވެ.

ފުލުހުން ބުނީ އެ ފިހާރައިން އެ މީހުން ވަގަށް ނެގިކަމަށް ބެލެވޭ ފައިސާއާއި، ސިނގިރޭޓު ކާޓޫންތަކެއް ހޯދާފައިވާ ކަމަށެވެ.

މި މައްސަލާގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިޙުސާން 30 ދުވަހަށް އަދި އަނެއް ދެ މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

”ފިހާރައިގެ ފޯނު ވަނީ ވައްކަންކުރި ކަމަަށް ތުހުމަތުކުރެވޭ މީހެއްގެ އަތުން ފެނިފައި.” ކޯޓުން ނެރުނު އަމުރުގައިވެއެވެ.

އަމުރުގައިވާ ގޮތުން އިޙުސާން ވަނީ ފޯނު ނެގިކަމަށް އިއުތިރާފުވެފައެވެ. އަދި މިއީ މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ކުރި ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.



More from Huvadhoo News