އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަރައްގީކުރަން އުރީދޫން ސަރުކާރަށް 16 މިލިއަން ރުފިޔާގެ އެހީއެއް!

Tue, 15 Oct 2024 09:57 PM

View on this article on Huvadhoo News

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަރައްގީކުރަން އުރީދޫން ސަރުކާރަށް 16 މިލިއަން ރުފިޔާގެ އެހީއެއް!

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަރައްގީކުރުމަށް އުރީދޫން ސަރުކާރަށް 16 މިލިއަން ރުފިޔާގެ ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.



16 މިލިއަން ރުފިޔާގެ މެޑިކަލް އިކްއިޕްމަންޓް ހަދިޔާކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީ ގޮތުން މި ތަކެތި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑައިރެކްޓަރ އަޒީޒް އަލް އުޘްމާން ފަޚުރޫއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ.

މި އިކްއިޕްމަންޓްތަކަކީ އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ މި އިކްއިޕްމަންޓްތަކަކީ އިމަޖެންސީގައި ހާލުދެރަ ބަލި މީހުން އުފުލުމުގައި، އެ މީހަކަށް އެންމެ ބޭނުންވާ ފަރުވާ ވަގުތުން ދިނުމަށް އަވަސްވާނެ ކަމަށެވެ. މި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ރައްޔިތުންނަށް ސިއްހީ ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫއިން އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެގޮތުން ހަދިޔާކުރި ތަކެއްޗާއެކު އެއަރ އެމްބިއުލާންސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



More from Huvadhoo News