ބޮޑު އަގުގައި ގަތް ޑްރޯންތައް ބޭނުންކުރޭތޯ ބަލަން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

Tue, 22 Oct 2024 09:31 AM

View on this article on Hurihaa.mv

ބޮޑު އަގުގައި ގަތް ޑްރޯންތައް ބޭނުންކުރޭތޯ ބަލަން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

މި ސަރުކާރުން ބޮޑު އަގު ދީފައި ތުރުކީއިން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ބަލަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދެފި އެވެ



މީކާއިލް ހުށަހަޅުއްވާފައި ވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯ ގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯ ބެލުމަށެވެ. އަދި ޑްރޯން މިހާތަނަށް ބޭނުން ކުރެވިފައި ވަނީ ކޮން ބޭނުމެއްގައިކަން ވެސް ޑިފެންސް މިނިސްޓަރު ސާފު ކޮށްދެއްވުމަށް އެދިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ތުރުކީއިން ގެނައި ޑްރޯންތައް ބޭނުންކުރީ މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށް އެކަންޏެވެ. އެ ބޯޓު ފެނުނީ ޑްރޯން ދުއްވަން ފެށިތާ 14 ގަޑިއިރު ފަހުން ރަތްމަންދޫ ކައިރިންނެވެ.

އޭގެފަހުން މިފަދަ އެއްވެސް ކަމަކަށް ޑްރޯން ބޭނުންކޮށްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބެލެހެއްޓުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ޑްރޯންތައް ގެނައީ މިއަހަރު ކުރީކޮޅު އެވެ. އެހެން ނަމަވެސް އެޑްރޯންތައް ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބަލަހައްޓާކަމެއް މިހާތަނަށް އެނގިފައިނުވެ އެވެ. އާއްމުކޮށް މީހުންނާއި އުޅަނދު ގެއްލިގެން ހޯދަނީ ކޯސްޓްގާޑާއި އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.




More from Hurihaa.mv