ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހާމާސްއިން ކަށަވަރުކޮށްދީފި

Fri, 18 Oct 2024 07:24 PM

View on this article on Hurihaa.mv

ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހާމާސްއިން ކަށަވަރުކޮށްދީފި

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރައްވަމުން ގެންދަވަނިކޮށް ޝަހީދުވެފައިވާކަމަށް އެ ގުރޫޕުން ބުނެފި އެވެ.



މިރޭ ހަމާސްގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަމުން އެ ގްރޫޕްގެ އޮފިޝަލަކު ބުނެފައިވަނީ އިޒްރޭލުން ހަނގުރާމަ ހުއްޓާލާ، ގާޒާއިން ހަތިޔާރާއެކު ނުފައިބާހާ ހިނދަކު ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލު މީހުން ދޫކޮށްނުލާނެ ކަމަށެވެ.

އިޒްރޭލުން ހަމާސްގެ ލީޑަރު ޝަހީދުކޮށްލާފައިވާކަން ރޭގެ ވަގުތެއްގައި އިއުލާން ކުރުމަށްފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން ބަޔާނެއްގައި ބުނެފައިވަނީ ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވުމަކީ އަދި ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިމުން ނޫންކަމަށެވެ.

ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމާ ގުޅިގެން ލުބުނާނުގައި ހަރަކާތެރިވާ ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ ދެން ދާނީ ހަނގުރާމައިގެ އާ ހަރުފަތަކަށް ކަމަށެވެ. އިރާނުންވެސް ވަނީ ފަލަސްތީނަށް ނަސްރު ހޯދުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރާނެކަމަށް ބުނެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މެދުއިރުމަތީގެ މަސްރަހު ގޯސްވާނެކަމަށް ބެލެވޭއިރު، އިޒްރޭލުން ވަނީ މިހާތަނަށް ފަލަސްތީނުގެ 42،500 މީހުން ޝަހީދުކޮށް 99،546 މީހުން ޒަހަމްކޮށްލާފައިވެ އެވެ.




More from Hurihaa.mv