ޣައްސާންގެ ބައްޕާފުޅުގެ ހިދުމަތަށް އިހްތިރާމް ކުރައްވާ ސަރުކާރުން ވަކިވާންޖެހޭ: ޔާމީން

Fri, 18 Oct 2024 01:37 PM

View on this article on Hurihaa.mv

ޣައްސާންގެ ބައްޕާފުޅުގެ ހިދުމަތަށް އިހްތިރާމް ކުރައްވާ ސަރުކާރުން ވަކިވާންޖެހޭ: ޔާމީން

ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫންގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މި ގައުމަށް ކޮށްދެއްވި ހިދުމަތަށް އިހްތިރާމުކުރައްވާ ސަރުކާރުން ވަކިވާންޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.



ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ޣައްސާންއަށް ނަސޭހަތްތެރިވެފައިވަނީ މިއަދުގެ ސަރުކާރުން އިންޑީއާއާއެކު ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް އަސަރުކުރާފަދަ ކަންކަން ކުރަމުންދާކަން ފާހަގަ ކުރައްވަމުންނެވެ.

ޣައްސާން މައުމޫންގެ ފަހަތުގައި ރައްޔިތުން ވަރަށް ލޯބިވާ ފަހުރުވެރިވާ ބޭފުޅެއް ކަމަށްވާ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުމުގައި ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް މައުމޫން އެބަ ހުންނެވި ކަމަށާއި އެފަދަ ބޭފުޅަކުކޮށްދެއްވާފައިވާ މަސައްކަތްތަކަށް އިހްތިރާމު ކުރައްވާ ޣައްސާން ސަރުކާރުން ވަކިވާންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައީސް މައުމޫން އަކީ މި ގައުމުގެ މިނިވަންކަމާ ސިޔާދަތު ވަރަށް ވަރުގަދައަށް ހިފެހެއްޓެވި އަޅުގަނޑުމެން ފަހުރުވެރިވާ ރައީސް، އެކަމަކު ބައްލަވާ މުއިއްޒު ރައީސް މައުމޫންގެ ދަރިފުޅު ލައްވާ ނޫންތޯ މި ހުރިހާ ގޯހެއް މި ހައްދަވަނީ" އެމަނިކުފާނު ވިދާޅުވި އެވެ.

ޣައްސާން އަށް ދިރިއުޅެވޭނެ ގޮތް އޮންނާނެކަމަށާއި ފިރިހެނެއްނަމަ އިސްތިއުފާ ދީފައި ދުރަށްދާން ޖެހޭކަމަށެވެ.

"ޣައްސާން ބަހައްޓައިގެން މިހުރިހާ ކަމެއްކުރަން އަޅުގަނޑަކީވެސް ޣައްސާންގެ ބޮޑުބޭބެ، އަޅުގަނޑުވެސް ގަބޫލެއްނޫން. އަޅުގަނޑަށް ޔަގީން ކަށަވަރު ރައީސް މައުމޫންވެސް ބޭނުންފުޅު ނުވާނެކަން" ޔާމީން ވިދާޅުވި އެވެ.

ޣައްސާން ހުންނަވައިގެން މިހުރިހާ ކަމެއް ކުރެއްވުމުން ރައީސް މައުމޫންގެ ތާރީހަށް ހިޔަނިއެޅިގެން ދާކަމަށްވެސް ޔާމީން ވިދާޅުވި އެވެ.




More from Hurihaa.mv