މަލްޝާއަށް ފަހު ޝިއުނާއަށް އެމްއޭސީއެލް އިން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް

Fri, 18 Oct 2024 04:49 PM

View on this article on Hurihaa.mv

މަލްޝާއަށް ފަހު ޝިއުނާއަށް އެމްއޭސީއެލް އިން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް

އިންޑީއާގެ ބޮޑުވަޒީރު ނަންރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލައިގައި ވަޒީފާއިން ވަކިކުރި މަރިޔަމް ޝިއުނާއަށް އެމްއޭސީއެލް އިން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ހަމަޖައްސައިފި އެވެ.



ނިމިދިޔަ ސެޕްޓެމްބަރު މަހު އެ މައްސަލައިގައި ހިމެނޭ މަލްޝާ ޝަރީފަށް ވަނީ އެޗްޑީސީން ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ދީފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ގޮތުގައި ތިބެ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ޝިއުނާ އާއި މަލްޝާގެ އިތުރުން މަހްޒޫމް މާޖިދު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޝަންގައި ބައިތިއްބައިގެން 8 މަސް ދުވަހު ކޮންމެ މީހަކަށް 35،000 ރުފިޔާގެ މުސާރަ ދިނުމަށްފަހު އޮގަސްޓް މަހު ޝިއުނާ އާއި މަލްޝާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް މަހްޒޫމް ވަކިކުރިކަން އެނގިފައިނުވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޝިއުނާއަށް ހަމަޖައްސާފައިވަނީ މަހަކު 40،000 ރުފިޔާ މުސާރައަށް ލިބޭ ވަޒީފާ އެކެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވިފައިނުވެ އެވެ. ނަމަވެސް ޝިއުނާއަށް ވަޒީފާ ހަމަޖެއްސިކަން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ.

ރައީސް މުއިއްޒު ވަނީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ފާއިތުވި ހަފްތާގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރައްވަން ނިންމަވާފަ އެވެ. ނަމަވެސް ވަކިކުރައްވާ ސިޔާސީ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.




More from Hurihaa.mv