ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ: ޑިބްރޮއިނާ

Tue, 11 Jun 2024 05:17 PM

View on this article on Hurihaa.mv

ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ: ޑިބްރޮއިނާ

މިއުނިކް (10 ޖޫން) – މި ފަަހަރުގެ ޔޫރޯގައި ބެލްޖިއަމް އަކީ ފޭވަރިޓުންނަށް ނުވިޔަސް، އެ ޓީމަ ދެކޮޅަށް ކުޅެން އެއްވެސްްް ޓީމަކަށް ފަސޭހައެއްނުވާނެ ކަމަށް ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑެބްރޮއިނާ ބުނެފި އެވެޔޫރޯގެ ގުރޫޕް އީގައި ބެލްޖިއަމްއާއެކު އޮތީ ރޫމޭނިއާ، ސްލޮވާކިއާ އަދި ޔޫކްރޭނެވެ.

ޑިބްރޮއިނާ ބުނީ ބެލްޖިއަމްއަކީ ފޭވަރިޓުންނެއް ނޫންކަން އޭނާ ވެސް ގަބޫލްކުރާ ކަމަށެވެ. އެކަމަކު ބެލްޖިިއަމްއާ އިދިކޮޅަށް ނުކުންނަ އެއްވެސް ޓީމަކަށް އެ ޓީމާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

"ބެލްޖިއަމްއަކީ ފޭވަރިޓެއް ނޫން. އެކަމަކު ހިޔެއްނުވޭ މާ ގިނަ ޓީމުތަކެއް އަހަރަމެންނާ ދެކޮޅަށް ކުޅެން ބޭނުންވާނެހެނެއް،" ޑެބްރޮއިނާ ބުންޏެވެ.

ޑެބްރޮއިނާ ބުނީ މިދިޔަ ސީޒަންގައި އަނިޔާގެ ސަބަބުން އޭނާ އަށް މެންޗެސްޓާ ސިޓީގެ ބައެއް މެޗުތައް ގެއްލުނު ނަމަވެސް، ޔޫރޯއަށް އޭނާ މުޅިން ފިޓުވެފައިވާ ކަމަށެވެ.

"އަހަރެން މިހާރު ފިޓު. މުބާރާތުގައި މުޅިން ފިޓުކޮށް ފެންނާނެ ކަމަށް އުންމީދުކުރަނީ،" ޑެބްރޮއިނާ ބުންޏެވެ.
More from Hurihaa.mv