އިތުރު މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފި

Wed, 24 Apr 2024 11:51 PM

View on this article on Hurihaa.mv

އިތުރު މެމްބަރަކު ޕީއެންސީއަށް ސޮއިކޮށްފި

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު ވެސް ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފި އެވެ.



އަމިއްލަގޮތުން ވާދަކޮށް ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ކާމިޔާބު ކުރެއްވި ރަޝީދު ސޮއިކުރުމާއެކު ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އަދަދު މިވަނީ 73 އަށް އަރާފަ އެވެ.

އަމިއްލަގޮތުން އިންތިހާބުވި ހަ މެމްބަރަކު މިއަދު ޕީއެންސީއަށް ސޮއިކޮށްފައިވެ އެވެ. އެއީ

  • ހުރާ ދާއިރާއަށް ހޮވުނު ޑރ. އަނާރާ ނައީމް
  • މަތިވެރި ދާއިރާއަށް ހޮވުނު ހަސަން ޒަރީރު
  • މައްޗަންގޮޅީ މެދު ދާއިރާއަށް ހޮވުނު އަހުމަދު ޒަމީރު
  • ތިމަރަފުށީ ދާއިރާއަށް ހޮވުނު އަހުމަދު ރިޔާޒް
  • ނައިފަރު ދާއިރާއަށް ހޮވުނު ޔާސީން އަބްދުﷲ
  • ގއ. ވިލިނގިލި ދާއިރާއަށް ހޮވުނު އާޒިމް އަބްދުލް އަޒީޒް

ސަރުކާރު ކޯލިޝަންގައި ހިމެނޭ މެމްބަރުންނާއެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަދަދު 76 އަށް އަރަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ކާމިޔާބު ކުރައްވާފަ އެވެ. އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވަނީ މީދޫ ދާއިރާގެ މެމްބަރަކަށް އިތުރު ދައުރަކަށް އިންތިހާބުވެފަ އެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ވާދަކުރި މުހައްމަދު އައްބާސް ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.




More from Hurihaa.mv