އަނޫޕަމާގެ ރޯލުން ފެނިގެންދިޔަ ނުޕާލީ ބީޖޭޕީ އަށް ސޮއިކޮށްފި

Sat, 04 May 2024 10:03 AM

View on this article on Hurihaa.mv

އަނޫޕަމާގެ ރޯލުން ފެނިގެންދިޔަ ނުޕާލީ ބީޖޭޕީ އަށް ސޮއިކޮށްފި

ދިވެހިންގެ މެދުގައި ވެސް މަގުބޫލު ހިންދީ ޑްރާމާ ސީރީޒެއް ކަމަށްވާ "އަނުޕަމާ" އިން ލީޑްރޯލުން ފެނިގެންދިޔަ ރުޕާލީ ގަންގޫލީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ސޮއިކޮށްފި އެވެ.



އިންޑިއާގެ އެއްވަނަ ސިލްސިލާގެ މަގާމުގައި މިހާރު އޮތް ސްޓާ ޕްލަަސްގެ "އަނޫޕަމާ" ސީރީޒްގެ އަނޫފަމާ ރޯލުން ފެނިގެންދާ ރުފާލީ ބީޖޭޕީއަށް ސޮއިކޮށްފައި ވަނީ އެ ގައުމުގެ ޕާލިމެންޓް އިލެކްޝަން ކުރިއަށްދާ ވަގުތެއްގަ އެވެ.

މިދިޔަ ބުދަ ދުވަހު ދިއްލީގައި ހުންނަ ބީޖޭޕީ އޮފީހުގައި ވަނީ ރުޕާލީ އެޕާޓީއަށް ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރުން ކަމަށްވާ ވިނޯދު ތައުޑޭ އާއި އަނިލް ބަލޫނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

https://www.instagram.com/p/C4eyz-Nxb8T/

ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޭނާގެ މަސައްކަތަށް ތައުރީފު ކުރައްވައި ރުފާލީ ބުނީ އިންޑިއާ ތަރައްގީ ވާނީ ބީޖޭޕީއަށް އިތުރު ދައުރެއް ދީގެން ކަމަށެވެ.

މޯދީ އިންޑިއާ ހިންގެވުމުގައި ހުންނެވުމަކީ އިންޑިއާގެ ހުރިހާ ރައްޔިތުން އުފާ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރުފާލީ ބުންޏެވެ. ރުޕާލީ ބުނީ އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބު މިދިޔަ މަހުގެ 19 އިން ފެށިގެން ކުރިއަށްދާ އިރު، ދެން ޕާޓީ އަށް ތާއީދު ހޯދަން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރި ވެސް ވާނެ ކަމަށެވެ.

މިހާރު އެންމެ ނުފޫޒު ގަދަ ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ރުޕާލީ، ބީޖޭޕީއާ ގުޅުނު އިރު މަޝްހޫރު ފިލްމީ ތަރި ކަންގަނާ ރަމާވަތަކީ ބީޖޭޕީގެ ޓިކެޓްގައި އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓެކެވެ. އޭނާ ވާދަކުރަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާގެ ގޮނޑިއަށެވެ.




More from Hurihaa.mv