"ލާޕަޓާ ލޭޑީސް": މުހިންމު މެސެޖްތަކެއް ދޭ ބަލާލަން ރީތި, މަޖާ ފިލްމެއް!

Sat, 04 May 2024 10:12 AM

View on this article on Hurihaa.mv

"ލާޕަޓާ ލޭޑީސް": މުހިންމު މެސެޖްތަކެއް ދޭ ބަލާލަން ރީތި, މަޖާ ފިލްމެއް!

މިއީ ތަފާތު ވާހަކައެއް ދައްކައިދޭ ކޮމެޑީ ފިލްމެކެވެ. މި ފިލްމަކީ 2000 ގެ އަހަރުތަކުގެ ކުރީ ކޮޅަށް ސެޓް ކޮށްފައިވާ ފިލްމެކެވެ.



މޮބައިލް ފޯނާއި އިންޓަނެޓް މަދު ބައެއްގެ އަތުގައި ނޫނީ ނުގެންގުޅޭ ޒަމާނެވެ. ފިލްމްގައި ދައްކަނީ އިންޑިއާގެ ބުދު ދީނުގެ ހާއްސަ ދުވަހެއްގައި ގިނަ ބަޔަކު ކައިވެނިކޮށް, ކައިވެނި ކުރި ދެމަފިރިން އެމީހުންގެ ގެއަށް އަނބިން ގޮވައިގެން ޓްރެއިންގައި ދާތަނެވެ.

އިންޑިއާގެ ފަގީރު ހިސާބުތަކުގައި އަންހެން ކުދިން ކައިވެނީގެ ހެދުން އާންމުކޮށް ހުންނާނީ އެއްގޮތަކަށެވެ. މޫނު ހުންނާނީ ރަތާއި ރަނުގެ ފޮތިކޮޅަކުން އެއްކޮށް ނިވާ ކޮށްފަ އެވެ. މި ގޮތަށް ކުރާ ގިނަ ކައިވެނިތަކަކީ އެރޭންޖް ކައިވެނިތަކެވެ. އެހެންކަމުން ގިނަ ކުދިންނަށް އިންނަ މީހާގެ ނަމުގެ އިތުރުން މާބޮޑު މައުލޫމާތެއް ނެނގޭނެ އެވެ.

ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ދަނިކޮށް ދެ އަންހެން ކުދިން އޮޅެނީ އެވެ. މޫނު ނިވާކޮށްފައި ހުރުމުން ފިރިމީހާއަށް ގެއަށް ގެންދެވުނީ ރަނގަޅު އަންހެން މީހާކަން ނޭނގެނީ އެވެ. ފިލްމުގައި ދައްކަނީ މި ކުދިން އަނބުރާ ހޯދުމަށް ކުރާ މަސައްކަތެވެ.

މި ފިލްމްގައި އިންޑިއާގައި އިޖުތިމާއި އެހެން ކަންކަމަށް ވެސް އަލިއަޅުވާފައިވާކަން ފާހަގަ ކުރެވުނުވެ. ފުރާއުމުރަށް އަންހެންކުދިން ދިޔުމުން ގަދަކަމުން ކައިވެނި ކުރުމާއި އަންހެން ކުދިން ކައިވެނި ކުރުމަށް އަންހެން ކުއްޖާގެ އާއިލާ އިން ކުރަންޖެހޭ ނުބައްދަލު ޚަރަދުގެ ނޭދެވޭ އަސަރު ފިލްމްގައި ދައްކުވައިދެ އެވެ. ކޮންމެއަކަސް މިއީ ބަލާލަން ވަރަށް ރީތި ފިލްމެކެވެ.

ލާޕަޓާ ލޭޑީސް އަކީ މި ވަގުތު ނެޓްފްލިކްސްގެ މި ރީޖަންގެ އެއްވަނައިގައި އޮތް ފިލްމެކެވެ. މި ފިލްމަކީ މަޝްހޫރު އެކްޓަރު އާމިރް ޚާން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މާޗް 2024 ގައި މި ފިލްމް ސިނަމާތަކުގައި ނެރުނުއިރު މި ފިލްމަށް މާ ބޮޑު ތަރުޙީބެއް ނުލިބެ އެވެ. ނަމަވެސް ނެޓްފްލިކްސްގައި މި ފިލްމް ދަނީ ވިދަމުންނެވެ.

މި ފިލްމަށް ބޮލީވުޑްގެ ތަރިންދަނީ ތައުރީފު ކުރަމުންނެވެ. އާލިޔާ ބަޓް, ސަނީ ޑިއޯލް އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިންނަށް މި ފިލްމް ވަނީ ވަރަށް ކަމުގޮސްފަ އެވެ. ކަރީނާ ކަޕޫރު ބުނެފައި ވަނީ މި ފިލްމަކީ "ޖެމް" އެއް ކަމަށެވެ.




More from Hurihaa.mv