ހުޅުމާލެއާ ދިމާލު ކަނޑުމަތިން ފެނުނީ ރާއްޖޭގައި އުޅޭ ޗައިނާ މީހެއް: ފުލުހުން

Thu, 08 Jun 2023 05:35 PM

View on this article on Hurihaa.mv

ހުޅުމާލެއާ ދިމާލު ކަނޑުމަތިން ފެނުނީ ރާއްޖޭގައި އުޅޭ ޗައިނާ މީހެއް: ފުލުހުން

ހުޅުމާލެއާ ދިމާލު ކަނޑުމަތިން މަރުވެފައި އޮއްވައި ފެނިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް 2, އެޗް 16 އާ ދިމާ ކަނޑުމަތިން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު އިރުއޮއްސެން ކައިރިވެފައިވަނިކޮށް އެ ހަށިގަނޑު ފެނުނުއިރު އޭނާ އޮތީ ކަޅުކުލައިގެ ގިރުވާނުލީ ޓީޝާޓަކާއި ކަޅު ސޯޓަކާއި ކަޅު ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ އޭނާ އަކީ ކާކުކަން ދެނެގަންނަން ކުރި މަސައްކަތުން އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، އޭނާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ މީހެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.



More from Hurihaa.mv