"ކަބީ ޚުޝީ ކަބީ ގަމް"ގައި ކާޖޮލްގެ ރޯލު ފުރަތަމަ ހުށައެޅުނީ ކޮން ތަރިއަކަށް؟

Mon, 05 Jun 2023 05:34 AM

View on this article on Hurihaa.mv

"ކަބީ ޚުޝީ ކަބީ ގަމް"ގައި ކާޖޮލްގެ ރޯލު ފުރަތަމަ ހުށައެޅުނީ ކޮން ތަރިއަކަށް؟

"ކަބީ ޚުޝީ ކަބީ ގަމް" އަކީ ދެހާހުގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ މަގްބޫލުވި އެއް ފިލްމެވެ. އެ ފިލްމުގައި ފެނިގެންދިޔަ ލީޑު ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ކާޖޮލްގެ ޖޯޑަކީ އެންމެންނަށް ވެސް ކަމުދާ ޖޯޑެކެވެ.

އެހެން ނަމަވެސް ބޮލީވުޑްގެ އެއް ނަމްބަރު ޖޯޑު ފެނިގެންދިޔަ އެ ފިލްމުން ކާޖޮލްއަށް ފުރުސަތު ލިބިގެންދިޔައީ ވަރަށް ހަނި ގޮތަކަށެވެ. އޭގެ ބަދަލުގައި ކާޖޮލް ކުޅުނު އަންޖަލީގެ ރޯލު ހުށައެޅުނީ އެހެން ތަރި އަކަށެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނީ ފިލްމަށް އެންމެ ބޭނުންވީ ކާޖޮލް ކަމަށް ވިޔަސް ކާޖޮލް ކައިވެނި ކުރުމަށްފަހު އާއިލާއެއް ފަށަން ގަސްދުކުރާތީ ފިލްމަށް ނޫނެކޭ ބުނާނެ ކަމަށް ހީވި ކަމަށެވެ.

އެހެން ކަމުން ދެން އޭނާގެ އިޚްތިޔާރަކަށްވީ ޝާހްރުކް ޚާންއާއެކު "މޮހައްބަތޭން" އިން ފެނުނު އައިޝްވާރްޔާ އެވެ. އެގޮތުން ފިލްމާ ބެހޭގޮތުން ކަރަން އައިޝްވާރްޔާއާ ވާހަކަ ދެއްކި ކަމަށްވެސް ވެއެވެ.

އެހެން ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ކާޖޮލް ފިލްމަށް އާއެކޭ ބުނެ އެންމެ ލޯބިވާ ޝާހު- ކާޖޮލްގެ ޖޯޑު ފެނުމުގެ ފުރުސަތު އަލުން ބެލުންތެރިންނަށް ލިބުނީ އެވެ. އޭގެ ކުރިން އެ ދެތަރިން ވަނީ "ބާޒީގަރް"، "ކަރަން އަރްޖުން" އަދި "ކުޗް ކުޗް ހޯތާހޭ" ފަދަ ފިލްމުތަކުން އެކުގައި ފެނިފަ އެވެ.

މި ކަމާ ބެހޭގޮތުން އައިޝްވާރްޔާ ބުނީ ފިލްމުގެ ވާހަކަ ކަރަން އޭނާގެ ކައިރީގައި ބުނި ކަމަށާއި އެހެން ނަމަވެސް ފިލްމުގެ ވާހަކަ ފެނިގެން ދިޔައީ އޭނާއަށް ކިޔައިދިން ގޮތަށް ނޫން ކަމަށެވެ. އެހެން ކަމުން އެ ރޯލަށް އެންމެ ރަނގަޅު ވާނީ ވެސް ކާޖޮލް ކަމަށް އޭނާ ބުންޏެވެ.

"ކަބީ ޚުޝީ ކަބީ ގަމް"ގެ ލީޑު އަންހެން ތަރިއެއްގެ ރޯލުން އެހެން ތަރިއަކު ހިތަށް ގެންނަން ވެސް އުނދަގޫ ކަމަށް ގިނަ މީހުން ބުނެ އެވެ. ކާޖޮލް ވަނީ ވަަރަށް ފުރިހަމަކަމާއެކު "އަންޖަލީ"ގެ ރޯލު ކުޅެދީފަ އެވެ.



More from Hurihaa.mv