60 އަހަރުގެ އަޝިޝް އިތުރު ކައިވެންޏެއްކޮށްފި

Sat, 27 May 2023 05:01 AM

View on this article on Hurihaa.mv

60 އަހަރުގެ އަޝިޝް އިތުރު ކައިވެންޏެއްކޮށްފި

އަޝިޝް ވިދިއާތީ

ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ގައި ނެކެޓިވް ރޯލުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު އަޝިޝް ވިދިއާތީ އިތުރު ކައިވެންޏެއް ކޮށްފި އެވެ.

އުމުރުން 60 އަހަރުގެ އަޝިޝް ދެ ވަނަ ކައިވެންޏެއް ކޮށްފައިވަނީ ވިޔަފާރިވެރިއެއް ކަމަށް ރޫޕާލީ ބަރޫއާ އެވެ.

މީޑިއާތަކުން ބުނީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި އަޝިޝް އާއި ރޫޕާލީ ކައިވެނިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.މި ދެ މީހުންގެ ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް ވެސް އާންމުވެފައިވެ އެވެ.

ކައިވެންޏާ ބެހޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އެކްޓަރު އަޝިޝް ބުނެފައިވަނީ މިމަރުހަލާގައި އިތުރު ކައިވެންޏެއް ކުރުމަކީ އާދަޔާ ހިލާފު އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ.

ގައުމީ އެވޯޑް ލިބިފައިވާ އެކްޓަރު މީގެ ކުރިން ކައިވެނިކޮށްފައި ވަނީ އެކްޓަރު ޝަކުންތަލާ ބާރޫއާގެ ދަރިކަނބަލުން ރާޖޯޝީ ބާރޫއާއާ އެވެ. އަދި އާތު ވިދްޔާރްތީ ކިޔާ ފިރިހެން ދަރިއަކު ވެސް އެބަހުއްޓެވެ. އާޝިޝް އެންމެ ފަހުން ފެނިފައިވަނީ "ޓްރައިއަލް ބައި ފަޔަރ އެންޑް ކުއްޓޭ" އިންނެވެ.

އަޝިޝް ކުޅުނު ބައެއް ހިންދީ ފިލްމުތަކުގެ ތެރޭގައި "ބިއްޗޫ"، "1942: އަ ލަވް ސްޓޯރީ"، "ބާޒީ"، "މިރުތިޔޫދާތާ" އަދި "ޖާންވަރު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ކުއްތޭ" އެވެ.

އަޝިޝްގެ ކުރިއަށް އޮތް ފިލްމަކީ "ކޫފިޔާ" އެވެ.More from Hurihaa.mv