މިއަހަރު މިފްކޯއިން މަސް ކިރި އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ

Mon, 21 Oct 2024 06:03 PM

View on this article on Hoara Online

މިއަހަރު މިފްކޯއިން މަސް ކިރި އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ
މިފްކޯއަށް މިއަހަރު މަސް ކިރާފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން، އެކުންފުނިން މަސް ކިރުމަށް ފަހު އޮޑިވެރިންނަށް ދައްކަން ޖެހޭ 9.1 މިލިއަން ރުފިޔާ އެބައޮތެވެ. އެއީ 331 ދޯންޏަކަށް ދޭންޖެހޭ ފައިސާގެ އަދަދެވެ.



މަސްވެރިކަން ދަށްވެ މިފްކޯގެ މާލީ ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. މަސްވެރިކަން ދަށްވުމުގައި މަސްވެރިން މީގެ ކުރިން ބުނެފައިވަނީ ހަރަދު ފޫނުބެއްދޭތީ މަހަށް ނުގޮސް މަޑުކުރަން ޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. 

މިފްކޯ އަށް މިދިޔަ އަހަރު ވަނީ 72،686 މެޓްރިކް ޓަނުގެ މަސް ކިރާފަ އެވެ. މިއަހަރުގެ މިހާތަނަށް މިފްކޯއަށް ކިރާފައި ވަނީ 28،951 މެޓްރިކް ޓަނުގެ މަހެވެ. އެއީ، މިދިޔަ އަހަރާ ބަލާއިރު، 43،735 މެޓްރިކް ޓަނުގެ ތަފާތެކެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި 7،528 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ކިރާފައި ވަނީ 7،452 މެޓްރިކް ޓަނު މަހެވެ.




More from Hoara Online