ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފަލަސްތީނަށް ދިންތޯ މަޖިލީހުން ޔަގީންކުރަނީ

Mon, 21 Oct 2024 05:47 PM

View on this article on Hoara Online

ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފަލަސްތީނަށް ދިންތޯ މަޖިލީހުން ޔަގީންކުރަނީ
'ފަލަސްތީނާ އެކު ދިވެހީން' ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށް ގެންދިޔަ ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ޔަގީންކުރަން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނޯޓިސް ދީފި އެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ދިވެހީން ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފަ އެވެ.މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މީކާއީލް ނަސީމް ހުށައެޅި ހުށައެޅުމުގައި ވަނީ އެ ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ސާފު ކުރުމަށެވެ. އެ ފައިސާ އަދި ހަވާލު ނުކުރެވޭނަމަ އެކަން މިހާ ލަސްވީ ކީއްވެގެންކަން ސާފު ކުރުމަށެވެ.

މީގެ އިތުރުން މި ފައިސާ ދެން ހަވާލު ކުރެވޭނެ ތާރީހެއް ސާފުކޮށް ދިނުމަށް ވެސް ހުށައަޅާފައިވެ އެވެ. 



މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެންބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުން ފޮނުވައި، ރަސްމީ ބަންދު ދުވަސް ހިމަނައިގެން 14 ދުވަހުގެ މުއްދަތު ދިނުނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މިގޮތުން، ނޯޓިސް މުއްދަތަށް ފަހު ފޮރިން މިނިސްޓަރު ޑރ. ހަލީލް މަޖިލީހަށް ހާޒިރު ކުރެވޭނެ އެވެ. މިއީ ފޮރިން މިނިސްޓަރުކަމާ އޭނާ ހަވާލުވި ފަހުން މަޖިލީހަށް ހާޒިރު ކުރެވޭ ފުރަތަމަ ފަހަރެވެ.

މިދިޔަ އޮގަސްޓު މަހުގެ 20ގައި ފޮރިން މިނިސްޓްރީން ވަނީ އެ ފައިސާ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދިޔަ ޓެލަތޯނަށް ބޮޑު ތަރުހީބެއް ލިބުނެވެ.



More from Hoara Online