އެމްއާރްއެމް އުވާލުމުގެ މަރުހަލާ ފަށައިފި

Tue, 15 Oct 2024 06:45 PM

View on this article on Hoara Online

އެމްއާރްއެމް އުވާލުމުގެ މަރުހަލާ ފަށައިފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ އެ ޕާޓީން އަދާކުރަން ޖެހޭ ދަރަންޏެއް އޮތްނަމަ އެ ޕާޓީގެ އޮފީހަށް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، އެމްއާރްއެމް އުވާލަން ނިންމާފައިވަނީ މިިދިޔަ އޮގަސްޓުމަހުގެ ތެރޭގަ އެވެ.



އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްއާރްއެމް އުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ، އެ ޕާޓީގެ އޮފީހަށް އަންނަ މަހުގެ 10 ގެ ކުރިން އަންގަން އެދޭ ކަމަށެވެ.

އެމްއާރްއެމް ގައި އިސްކޮށް ހުންނެވީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. އެ ޕާޓީގެ މިހާރުގެ ރައީސަކީ ވެސް ފާރިސް އެވެ.

މެންބަރުން އިތުރުކޮށް ކާމިޔާބު ޕާޓީއަކަށް އެމްއާރްއެމް ހެދުމުގައި ފާރިސްއަށް ކާމިޔާބު ހޯއްދެވޭ ގޮތެއް ނުވި އެވެ.  



More from Hoara Online