ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަނީ

Wed, 16 Oct 2024 01:12 PM

View on this article on Hoara Online

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަނީ
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލެ އަކީ މާލޭގެ އަވަށަކަށް ވާއިރު މާލޭގައި ހުންނަ ސުޕީރިއާ ކޯޓުގެ އިތުރުން ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ ކޯޓުތަކުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

މި މައްސަލައާ ގުޅިގެން ހިނގި ބަހުސެއްގެ ތެރެއިން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ.

އެކަމަކު އޭގެފަހުން 2022 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކޮށްފަ އެވެ. 



ހުޅުމާލޭ ކޯޓު އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމިއިރު، ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ވެސް، ހުޅުމާލޭ ކޯޓު ހުރުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެކަމަށް ހައްލެއް ނުލިބި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.




More from Hoara Online