މިހާރު ފެތުރޭ ރޯގާއާ ވަކި ކާއެއްޗަކާ ގުޅުމެއް ނެތް: އެޗްޕީއޭ

Fri, 28 Jul 2023 11:00 PM

View on this article on Hathaavees

މިހާރު ފެތުރޭ ރޯގާއާ ވަކި ކާއެއްޗަކާ ގުޅުމެއް ނެތް: އެޗްޕީއޭ

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުން އަންނަ ރޯގާ އަކީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ރޯގާއެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ޑައިރިއާ އާއި ބަނޑުގައި ރިއްސުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭ އިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ބައެއް ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ވަނީ ކުއްލިއަކަށް އެހާ ގިނަ ބަޔަކު ބޭރަށް ހިނގާ ހޮޑުލަމުން ދަނީ ރޭ މާލޭގައި ބޭއްވި ފުޅަނދުބުރުން ބެހި މެޓައެއްގެ ސަބަބުން ކަމަށް ބުނަމުންނެވެ.

ނަމަވެސް ތަހުލީލުތަކަށް ފަހު އެޗްޕީއޭ އިން ބުނީ އެއީ ވަކި ކާނާއެއް ނުވަތަ ކާއެއްޗެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި އެއީ ވައިރަހެއް ކަމަށެވެ. އަދި އެކަން އިތުރަށް ތަހުލީލު ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މުޅި މާލޭގައި ހޮޑުލުން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލުތަކުގެ އިމަޖެންސީ ރޫމްތައް ފުރިފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނައިން އަތް ދޮވުމަށާއި އަތް ނުދޮވެ ނުކެއުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރު ނިޔާފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ގެންނަ ބަލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބަނޑުގައި ރިއްސާ ބޭރަށް ހިނގާ ހޮޑުލެވޭތީ ގެންނަ މީހުން ކަމަށެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުން ކަމަށްވެސް ވިދާޅުވިއެވެ.

The post މިހާރު ފެތުރޭ ރޯގާއާ ވަކި ކާއެއްޗަކާ ގުޅުމެއް ނެތް: އެޗްޕީއޭ first appeared on Hathaavees.



More from Hathaavees