ކޯޓުގައި އޮތް މައްސަލައަށް ގޮތެއް ނުނިމެނީސް ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވެއްޖެ

Sun, 05 Nov 2023 08:56 AM

View on this article on Hathaavees

ކޯޓުގައި އޮތް މައްސަލައަށް ގޮތެއް ނުނިމެނީސް ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ގޮތެއް ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ނާއިބު ރައީސް އީވާ އުޒުރުވެރިވެއްޖެއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސެވެ.

ނަމަވެސް އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރި ދުވަހުން ފެށިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ މަޖިލިސް ޖަލްސާތަކަށް ވަޑައެއް ނުގަންނަވައެވެ.

މަޖިލިސް އިދާރާ އިން ބުނީ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އަދި މަޖިލީހަށް ސަލާމް ވިދާޅުވާ ކަމަށެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި އީވާ މިއަދު ވިދާޅުވީ ކޯޓުގައި މައްސަލަ އޮއްވާ އަދި އެ މައްސަލައިގެ ހުކުމް ނުކުރާހާ ހިނދަކު ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ މާދަމާއަށް އޮތީ ތާވަލުކޮށްފައެވެ.

ތަފްސީލް އަންނަނީ....



More from Hathaavees