މާލޭގައި ރޭ ދެ މާރާމާރީއެއް ހިނގައިފި، މީހަކު ހައްޔަރެއް ނުކުރޭ

Sun, 05 Nov 2023 06:23 AM

View on this article on Hathaavees

މާލޭގައި ރޭ ދެ މާރާމާރީއެއް ހިނގައިފި، މީހަކު ހައްޔަރެއް ނުކުރޭ

ރޭ މާލޭގައި ދެ މާރާމާރީއެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިނގީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކައިރިން ކަމަށެވެ. އެ މާރާމާރީ ހިނގި ކަމަށް ރިޕޯޓު ކޮށްފައި ވަނީ ރޭގެ 21:46 ހާއިރު ކަމަށްވެސް ބުންޏެވެ.

ދެވަނަ މާރާމާރީ ހިނގި ކަމަށް ރިޕޯޓު ކޮށްފައި ވަނީ ރޭގެ 22:34 ހާއިރުއެވެ. ފުލުހުން ބުނީ ދެވަނަ މާރާމާރީ ހިނގީ ހެންވޭރުގައި ހުންނަ ގެއެއްގައި ކަމަށެވެ.

މި ދެމާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



More from Hathaavees