ފްލޫގެ ސަބަބުން މިނިވަން އުފާ ކާނިވާ ފަސްކޮށްފި

Fri, 28 Jul 2023 06:40 PM

View on this article on Hathaavees

ފްލޫގެ ސަބަބުން މިނިވަން އުފާ ކާނިވާ ފަސްކޮށްފި

މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރު ވެފައިވާތީ، މިނިވަން ދުވަހާއި ގުޅިގެން ބާއްވަން ނިންމި މިނިވަން އުފާ ކާނިވާ ހުޅުވުން ފަހުގެ ތާރީހަކަށް ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީ އާއި އާބަންކޯ ގުޅިގެން ބާއްވަން ނިންމި އެ ކާނިވާ ބޭއްވުން ފަސްކުރީ މިހާރު މާލޭގައި ފެތުރެމުން އަންނަ ރޯގާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތީން ކަމަށް އާބަންކޯ އިން މިއަދު ބުންޏެވެ.

އަދި ބުނީ ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރެވިގެން ދާނެ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ޑައިރިއާ އާއި ބަނޑުގައި ރިއްސުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭ އިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މިނިވަން އުފާގެ ނަމުގައި ބާއްވާ މި ކާނިވާ އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކާނިވާއެވެ.More from Hathaavees