ޖަމުޢިއްޔާތަކެއް އުވާލަން ނެރުނު އިއުލާން ރަނގަޅު ކުރަން މިނިސްޓަރު އަންގަވައިފި

Thu, 27 Jul 2023 08:47 PM

View on this article on Hathaavees

ޖަމުޢިއްޔާތަކެއް އުވާލަން ނެރުނު އިއުލާން ރަނގަޅު ކުރަން މިނިސްޓަރު އަންގަވައިފި

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމުޢިއްޔާތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމުޢިއްޔާތައް އުވާލަން ނިންމާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ނެރުނު ލިސްޓު ބަލައި ރަނގަޅު ކުރަން އެ ވުޒާރައިގެ ވަޒީރު އަހުމަދު މަހްލޫފް އަންގަވައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޔޫތު މިނިސްޓްރީއިން އިއުލާން ކޮށްފައިވާ 1989 ޖަމްޢިއްޔާއަކީ، 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށާއި އެ ޖަމުޢިއްޔާތައް އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތަކެއް ކަމަށް ވަނީ ބުނެފައެވެ.

އެ ލިސްޓުގައި ހުރިހާ ރަށެއް ޝާމިލްވާ ގޮތަށް އެކްްޓިވްކޮށް ހިންގަމުން އަންނަ ޖަމިއްޔާތަކުގެ ނަންތައްވެސް އޮތެވެ.

މީގެ އިތުރުން ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ތިން ކުލަބެއްގެ ނަންވެސް އެ ލިސްޓުގައި އޮތެވެ. ލިސްޓުގައި އޮތް ފުރަތަމަ ޑިވިޝަންގެ ޔުނައިޓެޑް ވިކްޓަރީއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ނަން އޮތް އިރު، ދެވަަނަ ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ އެންމެ ތާރީހީ އެއް ކުލަބު ކަމަށްވާ ވިކްޓަރީގެ ނަންވެސް އެބައޮތެވެ.

https://twitter.com/AhmedMahloof/status/1684561888724787208?s=20

މި ލިސްޓާއި ގުޅިގެން ގިނަ ޝަކުވާތަކެއް ސޯޝަލް މީޑިއާގައި ބަންޑުންވެގެން ދިޔައިރު، މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އެބޭފުޅާއަށްވެސް ފެނިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. އަދި އެ ލިސްޓާ ގުޅިގެން ކަންބޮޑުވުންތައް ހުރިކަން އެނގިފައިވާ ކަމަށާއި، އެކަން ރަނގަޅުކުރަން އަންގާފައިވާ ކަމަށެވެ.

"އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ. އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަހިމެނޭ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ އަޅުގަނޑަށް ލިބިފަ." މަހްލޫފް ވިދާޅުވިއެވެ.

"މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފައި،”
އިންއެކްޓިވް ޖަމުއިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދީފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމްއިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޖަމްއިއްޔާއެއް އުވާލުން ހުއްޓުވައި ދިނުމަށް އެ ޖަމްއިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓަރާއަށް ލިޔުމުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

The post ޖަމުޢިއްޔާތަކެއް އުވާލަން ނެރުނު އިއުލާން ރަނގަޅު ކުރަން މިނިސްޓަރު އަންގަވައިފި first appeared on Hathaavees.



More from Hathaavees