މަރުވެފައި އޮއްވާ ފެނުނީ ވީއައިއޭ ތަރައްގީކުރާ ކުންފުނީގެ މުވައްޒަފެއް

Thu, 08 Jun 2023 07:58 PM

View on this article on Hathaavees

މަރުވެފައި އޮއްވާ ފެނުނީ ވީއައިއޭ ތަރައްގީކުރާ ކުންފުނީގެ މުވައްޒަފެއް

މިދިޔަ އަންގާރަ ދުވަހު ހުޅުމާލެއާ ދިމާލު ކަނޑު ސަރަހައްދުން ފެނުނު މީހާ ފުލުހުންނަށް ދެނެގަނެވިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ފޭސް ދޭކާ ދިމާލުން ފެނުނު މީހާ އަކީ ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުން އަންނަ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕް އަށް ނިސްބަތްވާ މުވައްޒަފެއް ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އަކީ 34 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށެވެ. ބިންލާދިން ގްރޫޕުން ކުރަމުން ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތެވެ.

މިވަގުތު ގަލޮޅު މޯޗަރީގައި އޮތް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

The post މަރުވެފައި އޮއްވާ ފެނުނީ ވީއައިއޭ ތަރައްގީކުރާ ކުންފުނީގެ މުވައްޒަފެއް first appeared on Hathaavees.



More from Hathaavees