މަހުގެ ޑިއުޓީ ކަނޑާލައި، އިނގިރޭސީވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދަނީ

Thu, 08 Jun 2023 04:21 PM

View on this article on Hathaavees

މަހުގެ ޑިއުޓީ ކަނޑާލައި، އިނގިރޭސީވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދަނީ

އިނގިރޭސިވިލާތާ ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

އެކަން އިއުލާންކުރައްވާ ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސެންޓް ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ ހަތަރު އަހަރު މެދުކެނޑުމެއްނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އޭގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭރުގެ ގައުމުތަކާއި ކަނޑާލާފައި އޮތް ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްކުރަމުންނެވެ. ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.

The post މަހުގެ ޑިއުޓީ ކަނޑާލައި، އިނގިރޭސީވިލާތާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދަނީ first appeared on Hathaavees.



More from Hathaavees