ރ. އަތޮޅު ދެކުނު ބިތުގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ އެއާޕޯޓު ބެރިޔަންފަރުގައި އެޅުމަށް ނިންމައިފި

Sun, 04 Jun 2023 05:43 PM

View on this article on Hathaavees

ރ. އަތޮޅު ދެކުނު ބިތުގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ އެއާޕޯޓު ބެރިޔަންފަރުގައި އެޅުމަށް ނިންމައިފި

މިވަގުތު ރ. އަތޮޅުގައި އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރައްވަން ނިންމެވި ރަށް ރައީސް ސޯލިހް އިއުލާން ކުރައްވައިފިއެވެ.

އައްޑޫ ސިޓީ އަށް މިހާރު ކުރިޔަަށް ގެންދާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ހަވީރު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއްގަމާ ކަނޑާ ވައިގެ ވިއުގަ އަކުން މުޅިރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ. އެހެންކަމުން ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

”މިމަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބިތަށް އިތުރުކުރެވޭ އެއާޕޯޓު އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި،” ރައީސް ވިދާޅުވިއެވެ.

ބެރިޔަންފަރު އޮންނަ ސަރަހައްދުގައި މީހުން ދިރިއުޅޭ 22 ރަށެއް އޮވެއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން ގެންދާ ކޮންމެ ކަމަކީ ދެމެހެއްޓެނިވ ިގޮތަށް މދިވެހިރާއްޖެ ތަރައްގީ ކުރުމަށް ކުރާމަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

The post ރ. އަތޮޅު ދެކުނު ބިތުގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ އެއާޕޯޓު ބެރިޔަންފަރުގައި އެޅުމަށް ނިންމައިފި first appeared on Hathaavees.



More from Hathaavees