ނާޒިމް އައްޑަނައެއް ހިފައިގެން ނުކުމެ، ވިދާޅުވީ ހިތާއި ފުރާނަ ދޭން ތައްޔާރު ކަމަށް!

Fri, 26 May 2023 11:38 PM

View on this article on Hathaavees

ނާޒިމް އައްޑަނައެއް ހިފައިގެން ނުކުމެ، ވިދާޅުވީ ހިތާއި ފުރާނަ ދޭން ތައްޔާރު ކަމަށް!

އެމްއެންޕީގެ ރިޔާސީ ޓިކެޓްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމަށް “އައްޑަނައެއް” އެރުވުމުން، ހިތާއި ފުރާނަ ރާއްޖެއަށް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނާޒިމަށް ރިޔާސީ ޓިކެޓް އެރުވި ހަފްލާގައި އޭނާ ވާހަކަފުޅު ދެއްކެވީ ގައުމީ ޖޯޝުގައެވެ. ރާއްޖޭގެ އިޖުތިމާއީ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކަށް ވެސް އޭނާ އެޑްރެސް ކުރެއްވިއެވެ.

ނާޒިމްގެ ވާހަކަފުޅުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން ދައްކަވާފައިވާ ބައެއް ވާހަކަތައް ޖަލްސާގެ ބައިވެރިންނަށް ކިޔައިދެއްވިއެވެ. އަވަހާރަކޮށްލާފައިވާ ޖަޕާނުގެ ބޮޑުވަޒީރު ޝީޒޯ އަބޭ ވިދާޅުވި ވާހަކައެއް ކިޔައިދެއްވަމުން ނާޒިމް ވިދާޅުވީ އޭނާ އަކީ ސިޔާސީ ގޮތުން ނާކާމިޔާބީތަކެއް ހާސިލުކޮށްފައިވާ މީހެއް ކަމަށާއި އެ ސަބަބުތަކަށްޓަކާ ޖަޕާނަށްޓަކާ ގުރުބާންވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝީޒޯ އަބޭ ވިދާޅުވި ކަމަށެވެ.

“އެހެންކަމުން ޒީޝޯ އަބޭ ވިދާޅުވިހެން، އަޅުގަނޑު މި ހުރީ އަޅުގަނޑުގެ ހިތާއި ފުރާނަ ދިވެހިރާއްޖެއަށް ދިނުމަށް ތައްޔާރަށް،” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާއަށް ވުރެ، ބޮޑަށް ދިވެހި ފަސްގަނޑު ދެކެ ލޯބިވާ އެހެން މީހެއް ނުހުންނާނެ ކަމަށެވެ.

ނާޒިމްގެ މިރޭގެ ވާހަކާގައި އޭނާ ވަނީ ސިފައިންގެ ހިދުމަތުގައި ހުއްޓާ ބޭއިންސާފުން ވަކިކުރި ކަމަށާއި ކުރީގެ ސަރުކާރުގައި ވަޒީރުކަމުގައި ހުއްޓާ ހައްޔަރުކޮށް، ޖަލަށްލީ ކަމަށް ވިދާޅުވެފައެވެ.

The post ނާޒިމް އައްޑަނައެއް ހިފައިގެން ނުކުމެ، ވިދާޅުވީ ހިތާއި ފުރާނަ ދޭން ތައްޔާރު ކަމަށް! first appeared on Hathaavees.



More from Hathaavees